16 ފޭލިގެ ކޮޅުގެ ގޯތި ވަށައިގެން ދަމާފައި ހުރި ހުރިހާ ފަރުދާއެއް ވެސް ތައްޔާރުކޮށްފައި ވަނީ އެންމެ މޮޅުފޮތީންނެވެ.
ވައަތްފަރާތުގެ ފަރުދާގައި ވެސް ހުރީ ބާވީސް ފޫޓު ބައެވެ. މި ވެސް ހުރީ ތިން ބުޑު މަތީ ޖަހާފައި ހުރި ތިން ތަނބުގައި ހަރުކޮށްފައެވެ.
މި ފަރުދާ ހަރުކުރަން ހަދާފައިހުރި ހުރިހާ ތަނބެއްގެ ވެސް މަތީކޮޅުގައި ވަނީ ބޭރުން ރިހި ފަށަލައެއް ލާފައެވެ. އެ ތަނބުތަކުގެ ދެމެދުގައި ހުރި ބޮޅުތަކާއި އޭގައި ހުރި ބުޅިތައް ހުރީ ރިހިންނެވެ. އެ ތަނބުތައް ބަހައްޓާފައި ހުރި ހުރިހާ ބުޑުތަކެއް ވެސް ހުރީ ކަފުލޮއިން ހަދާފައެވެ.