Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 38:1 - ކިތާބުލް މުޤައްދަސާ

1 ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ޤުރުބާނީ އަންދާ އައްޓެއް ހެދިއެވެ. އެއަށި ހެދީ ހަތަރެސް ކަނަށެވެ. އެ އަށީގެ ދިގުމިނުގައި ހަތް ފޫޓުބައި، ފުޅާމިނުގައި ހަތް ފޫޓުބައި، އުސްމިނުގައި ހަތަރު ފޫޓު ބައި ހުއްޓެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 38:1
19 ပူးပေါင်းရင်းမြစ်များ  

ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅީގެ ހަމާއި މޮޅު ބަކަރި ހަން؛ އަކާސިޔާ ލަކުޑި؛


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.


ޤުރުބާނީ އަންދާ އައްޓާއި ފެން ބިލިގާއާއި އޭގެ ހަރާއި


އޭގެ ކޮންމެ ކަނެއްގައި ޖަނަވާރު ދަޅެއްފަދައިން އުފުލިފައިވާ ބައެއް، އައްޓާ އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި ހަދާފައި ހުއްޓެވެ. މުޅި އަށީގައި ވަނީ ކަފުލޯ ފަށަލައެއް ލާފައެވެ.


އަދި ޤުރުބާނީ އަންދާ އަށިވެސް ފޭލިގެކޮޅު ކުރިމަތީގައި ބަހައްޓަވައިފިއެވެ. އެތަނުގައި އެކަލޭގެފާނު ޤުރުބާނީއެއް އަންދަވައި ގޮދަން ވެދުން ކުރެއްވިއެވެ. އެއީ ވެސް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.


ޤުރުބާނީ އަންދާ އަށި ފޭލިގޭގެ ދޮރުން ބޭރުގައި ބަހައްޓާ.


އަހަރެންގެ ބައްޕާފުޅު އަހަރެންނަށް ދެއްވާ އެންމެން އަހަރެންގެ ގާތަށް އަންނާނެ. އަހަރެންގެ ގާތަށް އައި އެއްވެސް މީހަކު އަހަރެން އަނބުރާ ފޮނުވައެއް ނުލާނަން.


އަހަރެމެންނަށް ލިބިފައިމިވާ އަޅުކަމުގެ މަޤާމަކީ އެތަނަކުން ފޭލިގެކޮޅުގެ އިމާމުންނަށް ވެސް ކައިބޮއި ހެދުމުގެ ހުއްދަ ލިބިގެން ނުވާތަނެކެވެ.


އީސާ އަލްމަސީޙަކީ އިއްޔެއާއި އަދި މިއަދު ވެސް އަދި ތާއަބަދުވެސް ބަދަލެއް ނުވެ ހުންނަވާނެ ބޭކަލެކެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.


އެ ސަހަރުގެ ބައްޓަން ހުރީ ހަތަރެސްކަން ގޮޅިއެއް ހެންނެވެ. ސަބަބަކީ އެ ސަހަރުގެ ދިގުމިނާއި ފުޅާމިން އެއްވަރު ވުމުންނެވެ. އެ މަލާއިކަތާ އެ ސަހަރު މިންކުރެއްވި ހިނދު ދިގުމިނުގައި ފަނަރަ ސަތޭކަ މޭލު އަދި ފުޅާމިނުގައި ވެސް ފަނަރަ ސަތޭކަ މޭލު ހުއްޓެވެ. އަދި އުސް މިނުގައި ވެސް ހުރީ ހަމަ އެއް މިނެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ