Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 37:9 - ކިތާބުލް މުޤައްދަސާ

9 މި ކަރޫބީމުތައް ހަދާފައި ހުރީ އެކަތި އަނެކައްޗާ ކުރިމަތިލައިގެން މަތިގަނޑުގެ މެދާ ދިމާއަށް ބަލަހައްޓައިގެން އޭގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ގޮތަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 37:9
15 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނަށް އަވަހާރަފުޅުލެއްޕެވުނު ހިނދު ބިމުންފެށިގެން އުޑާއި ހަމައަށް ފޯރާވަރުގެ ހަރުގަނޑެއް އެކަލޭގެފާނަށް ހުވަފެން ފުޅުގައި ފެނިވަޑައިގަތެވެ. މާތްކަލާނގެ މަލާއިކަތުން އެ ހަރުގަނޑުން އަރުއްވައި އަދި ފައިބައި ވަޑައިގަންނަވާތަން ވެސް ފެނިވަޑައިގަތެވެ.


އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ.


މި ކަރޫބީމު މަލާއިކަތުންގެ ސޫރަތައް ހުންނަން ވާނީ އެކަތި އަނެކައްޗާ ކުރިމަތި ވާނެ ހެން މަތިގަނޑުގެ ދެކޮޅުގައި. އަދި އޭގެ ބެލުން އަމާޒުވެފައި ހުންނަން ވާނީ މަތިގަނޑުގެ މެދާ ދިމާއަށް ތިރިއަށް. އެއީ އެ ދެމަލާއިކަތުންގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ފަދައިން.


ދެން ބަޞަލީލު އަކާސިޔާ ލަކުޑިން މޭޒުކޮޅެއް ހެދިއެވެ. އޭގެ ދިގުމިނުގައި ތިރީސްހަ އިންޗި ފުޅާމިނުގައި އަށާރަ އިންޗި އުސްމިނުގައި ހަތާވީސް އިންޗި ހުއްޓެވެ.


މި ދެ ސޫރަވެ ވެސް ހަދާފައި ވަނީ މަތިގަނޑުގެ ބައެއް ފަދައިން ރަނުން އަތްކަންކޮށް މަރުތޭލުން ތަޅައިގެންނެވެ. އަދި އެ ދެ ސޫރަ އަތްކަންކޮށް މަތިގަނޑާ އެއްކޮށް މަރުތޭލުން ތަޅައި އެކަތިގަނޑަކަށް ހެދިއެވެ.


ހަމަކަށަވަރުން އުޑު ހުޅުވި މާތްރަސްކަލާނގެ މަލާއިކަތުން އިންސާނާގެ ދަރިކަލުންގެ ގާތަށް އައިސް ގޮސް ވާތަން ކަލޭމެން ދެކޭނެ.⁠“


މި އުސޫލުގެ މަތިން މި ޒަމާނުގައި މަސީޙީ ޖަމާޢަތުގެ މެދުވެރި ކުރެއްވުމާއި، އުޑުތަކުގައިވާ ރޫޙާނީ އިސްވެރިންނާއި ބާރުވެރިންނަށް ވަނީ އެކަލާނގެ ތަފާތު ޙިކުމަތްތެރިކަން އެނގިފައެވެ.


އެ ހުރިހާ އެއްޗަކީ ވެސް އަހަރެންގެ މާތްސާހިބާ އީސާ އަލްމަސީޙު ދެނެގަތުމުގައި ވާ މިންނުކުރެވޭ އަގާ އަޅާ ބަލާއިރު އެއްވެސް އަގެއް ނެތް ތަކެއްޗެވެ. އެކަލޭގެފާނަށްޓަކައި އަހަރެން އެ ހުރިހާ ތަކެއްޗެއް ގެއްލުވާލީމެވެ. އެ ހުރިހާ ތަކެއްޗަކީ ކުނިބުނި ކަމަށް ހިމެނީމެވެ. އެއީ އަހަރެން އަލްމަސީޙާއި އެކުގައިވުން ލިބިގަތުމަށެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އެހެންވީއިރު، މަލާއިކަތުންނަކީ ކިހާވަރެއްގެ ބައެއް ހެއްޔެވެ؟ އެއީ އެކަލާނގެ ޚާދިމުން ނޫން ހެއްޔެވެ؟ އެއީ ދިންނެވުން ހާސިލްވާނެ މީހުންގެ ޚިދުމަތުގައި ތިބި ރޫޙުތަކެއް ނޫންހެއްޔެވެ؟


ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ