Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 37:29 - ކިތާބުލް މުޤައްދަސާ

29 ދެން އިޚުތިޔާރު ކުރެވޭ މީހުންގެ ގައިގައި އުނގުޅާ ކަރާމާތްތެރި ތެލާއި މީރުވަސްދުވާ އަތަރު ލީ ދުންދަނޑި ތައްޔާރު ކުރިއެވެ. މިކަންތައް އޭނާ ކުރީ އަތަރު އުފެއްދުމުގެ ތަޖުރިބާ ލިބިފައިވާ މީހުންގެ ހުނަރުތައް ބޭނުން ކޮށްގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 37:29
18 ပူးပေါင်းရင်းမြစ်များ  

ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.


އަކާސިޔާ ލަކުޑިން ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާފައިވެއެވެ.


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ