Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 37:25 - ކިތާބުލް މުޤައްދަސާ

25 ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ދުން އަޅާނެ އައްޓެއް ހެދިއެވެ. މި އަށި ހަދާފައި ވަނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައެވެ. އޭގައި ވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުއްޓެވެ. އެވެސް ހަދާފައި ހުރީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 37:25
15 ပူးပေါင်းရင်းမြစ်များ  

މޭޒުކޮޅާއި އޭގެ މަތީގައިވާ ހިފާގެންގުޅޭ ތަކެއްޗާއި ރަން ބައްތިކޮޅާއި އޭގައި ހިމެނޭ ތަކެއްޗާއި ދުންބުރުވާ އައްޓާއި


ދުންބުރުވާ އައްޓާއި އެ އުފުލާ ދަނޑިތައް؛ އުނގުޅާ ތެލާއި އޭގައި މީރު ވަސްދުއްވާނެ ތަކެތި؛ ފޭލިގެކޮޅަށް ވަންނަ ދޮރުމަތީ ދަމާ ފަރުދާ؛


މި ބައްތިކޮޅާއި އޭގައި ހުރި ހުރިހާ އެއްޗެއް ހެދުނީ ތިރީސްފަސް ކިލޯ ހާ ރަތު ރަނުންނެވެ.


އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ވަނީ ރަނުން ފަށައެއް ލާފައެވެ. ދެން ރަނުގެ ދެ ބޮޅު ހަދައި އަށީގެ ދެފަރާތުގައި ހަރުކުރިއެވެ. އެ ބޮޅުތައް ހަރުކޮށްފައި ވަނީ ވަށައިގެން އެޅިފައިވާ ރަން ދާރައިގެ ތިރީގައެވެ. އެއީ އަށި އުފުލާ ދަނޑި ލެއްވުމަށެވެ.


ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ.


އޭ ކަނުމީހުންނޭ! ކަލޭމެންނަށް މުހިންމީ ކޮން އެއްޗެއްތަ؟ ޤުރުބާނީތަ، ނޫނީ އެޤުރުބާނީ މުޤައްދަސް ކުރެވޭ އަށިތަ؟


އަހަރެމެންނަށް ލިބިފައިމިވާ އަޅުކަމުގެ މަޤާމަކީ އެތަނަކުން ފޭލިގެކޮޅުގެ އިމާމުންނަށް ވެސް ކައިބޮއި ހެދުމުގެ ހުއްދަ ލިބިގެން ނުވާތަނެކެވެ.


މާތްރަސްކަލާނގެ ޙަޟްރަތަށް ގެންދެވޭ މީހުން، އެކަލޭގެފާނު މެދުވެރިވެގެން ހުރިހާއިރަކުވެސް ސަލާމަތް ކުރެއްވުމުގެ ބާރުފުޅު އެކަލޭގެފާނަށް ލިބިވަޑައިގަންނަވައެވެ. އެމީސްތަކުންނާ ބެހޭ ވާހަކަތައް މާތްރަސްކަލާނގެއަށް ދެންނެވުމަށް އަބަދުވެސް އެކަލޭގެފާނު ދިރިދެމި ހުންނަވައެވެ.


އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ.


އަދި މިހާރު މާތްރަސްކަލާނގެ ތިޔަބައިމީހުން ބިނާ ކުރައްވަނީ އެކަލާނގެ ރޫޙާނީ ގެކޮޅުގައި ވީ ދިރިހުރި ހިލަތަކެއްފަދައިންނެވެ. މީގެ އިތުރުން ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރައްވާފައިވާ އިމާމުން ތަކެކެވެ. އަދި ތިޔަބައިމީހުންނީ އީސާ އަލްމަސީޙުގެ އެހީތެރިކަމާއެކު މާތްރަސްކަލާނގެއަށް ހުށަހެޅޭ ރޫޙާނީ ޤުރުބާންތައް ހުށަހަޅައިދެވޭފަދަ މާތް އިމާމުންތަކެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ