22 މި ގޮފިތަކާއި ތަނޑުތައް ވެސް ހުރީ ބައްތި ދަނޑިއާއެކު އެކަތިގަނޑެއްގެ ގޮތުގައެވެ. މިވެސް ތަޅާފައި ހުރީ އެއް ރަތު ރަންގަނޑަކުންނެވެ.
”އަދި އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރޭ. ބައްތިއާއި ބައްތި ދަނޑި ހަދަންވާނީ މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި. އޭގެ ބުޑާއި، މެދުގައި ހުންނަ ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުންނަން ވާނީ މިގޮތުގައި.
މި ގޮފިތަކާއި ތަނޑުތައް ވެސް އަދި ބައްތި ދަނޑިވެސް ހުންނަން ވާނީ ރަތުރަނުން މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި.
އެ އަލްމަންޑް މާތައް ހަރުކޮށްފައި ވަނީ ބައްތި ދަނޑިން ފަޅާފައިވާ ކޮންމެ ދެ ގޮފިގަނޑެއްގެ ދެމެދުގައެވެ.
ދެން ބަޞަލީލު ރަނުގެ ހަތްބައްތި ހެދިއެވެ. ބައްތީގެ ފީތާ ލައްވާ ގިނިފައްޗާއި ދެލިކަނޑާ ތަށިތައް ވެސް ހަދާފައި ހުރީ ރަތުރަނުންނެވެ.
އެހެންވީމާ، ތިޔަބައިމީހުންގެ ހަވާނަފްސުގެ އެދުންތައް މަރާ ލާށެވެ. ފާޙިޝް އަމަލުތަކާއި ނުތާހިރުކަންކަމާއި ޝަހުވަތުގެ ބޭނުންތަކާއި އަދި ހުރިހާ ބާވަތެއްގެ ނުބައިވެގެންވީ ހިތުގެ އެދުންތަކާއި ދަހިވެތިކަމާއި ދުރުހެލިވެ ތިބޭށެވެ. ދަހިވެތިކަމަކީ ބުދަށް އަޅުކަން ކުރުން ފަދަ ކަމެކެވެ.