2 އޭގެ އެތެރެ އާއި ބޭރުގައި ރަނުން ފަށަލަ ލައި މަތިގަނޑުގެ ކައިރިފަށުގައި ސާފު ރަނުން ދާރަ އަޅާފައި ހުއްޓެވެ.
އަށީގެ މައްޗާއި އަރިމަތީގެ ދަޅުތަކުގައި ރަން އުނގުޅާ. އަދި މުޅި އަށީގެ ވަށައިގެން ރަނުގެ ކައިރިފަށެއް އަޅާ.
ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ޢަހުދުނާމާ ފޮށިކޮޅު ހެދިއެވެ. އެފޮށީގެ ދިގުމިނުގައި ސާޅީސްފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި، އަދި އުސްމިނުގައި ހަތާވީސް އިންޗި ހުއްޓެވެ.
އަދި ރަނުން ހަތަރު ބޮޅު ހަދައި އެފޮށީގެ ހަތަރު ފަރާތުގައި ފައިތަކާ ދިމާލަށް އެބޮޅުތައް ހަރުކުރިއެވެ.