30 މި ގޮތަށް އެމީހުން އަށް އޮނިގަނޑު ހެދިއެވެ. އޭގެ ކޮންމެ އޮނިގަނޑެއްގެ ދަށަށް ދެ ބުޑު ވާނޭހެން ސޯޅަ ބުޑު ތައްޔާރު ކުރިއެވެ.
ފޭލިގޭގެ ފަހަތުބައިގައި ހުންނާނީ މިކަހަލަ އަށް އޮނިގަނޑު. މި އޮނިގަނޑުތައް ހުންނަން ވާނީ ރިހީގެ ސޯޅަ ބުޑު މަތީގައި. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ބެހެއްޓިފައި ވާނެ ހެން.
ކަނުގައި ބެހެއްޓި އޮނިގަނޑުގެ ތިރިއާއި މަތި ހަރުކުރީ އެއް ބޮޅަކުންނެވެ. ކަނުގެ މި ދެ އޮނިގަނޑު ވެސް ހަދާފައި ހުރީ އެއްގޮތަކަށެވެ.
ދެން އެމީހުން އަކާސިޔާ ލަކުޑިން ފަނަރަ ހުރަސް ބެރި ހެދިއެވެ. އެއީ ފޭލިގޭގެ އެއް އަރިމަތީގައި ހުރި އޮނިގަނޑުތަކަށް ފަސް ބެރި ވާނެހެންނެވެ.