2 މި މަސައްކަތަށް ޝައުގުވެރިކަން ހުރި ހުރިހާބަޔަކު ގެންނަވައި އެމަސައްކަތް ކުރިއަށް ގެންދިއުމަށް މޫސާގެފާނު އެންގެވިއެވެ.
”ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’އަހަރެންނަށް ވެދުން ހުށަހަޅާށޭ.‘ އެބައެއްގެ ހިތުގެ އަޑިން ވެދުން ހުށަހަޅަން ބޭނުން ކޮންމެ ބަޔަކު ގެންނަ ވެދުމެއް ވެސް ގަބޫލު ކުރޭ.
މި ހުރިހާ އެއްޗެއް ވެސް ހަދަން ވާނީ އަހަރެން މި ފަރުބަދަމަތީގައި ކަލެއަށް ދެއްކި ނަމޫނާއާ އެއްގޮތަށް.“
އަހަރެން ރޫޙާނީ ވިސްނުން ދީފައިވާ ހުރިހާ ފަންނުވެރިންނަށް އަންގާ، އަހަރެންގެ ޚިދުމަތުގައި ހުންނަ އިމާމު ހާރޫނަށް އެކަށީގެންވާ އިއްޒަތްތެރި ހެދުމެއް ތައްޔާރު ކުރާށޭ.
އަދި އަހަރެން އަޚީސާމާކުގެ ދަރި އަހޫލިޔާބު ވެސް އޭނާއަށް އެހީވުމަށް ޚިޔާރު ކޮށްފިން. އޭނާއަކީ ދާނުގެ ދަރިކޮޅުގެ މީހެއް. އޭގެ އިތުރުން ހުނަރުވެރި އެންމެންނަށް އަހަރެން ޚާއްސަ ހުނަރުތަކެއް ދީފައިވާނެ. އެއީ ކަލެއަށް އަހަރެން އެންގި ކަންތައް ފުރިހަމަ ކުރުމަށް:
ކަލޭމެންގެ ތެރޭގައި ތިބި ފާޑުވެރި މޭސްތިރީންގެ އެންމެން އައިސް މާތްރަސްކަލާނގެ އެންގެވި ފަދައިން މިއެއްޗެހި ތައްޔާރު ކުރޭ:
ކަލޭމެން މަސައްކަތްކޮށް އުޅެން ހަފްތާއަކު ހަ ދުވަސް އޮންނާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެދުވަސް ހޭދަކުރަން ވާނީ އަރާމު ކުރުމުގައި. އެއީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވޭ މާތް ދުވަހެއް. އެދުވަހު މަސައްކަތެއް ކޮށްފި މީހާ މަރާލެވޭނެ.
މާތްވެގެންވާ ފޭލިގެކޮޅު އެކަލާނގެ އެންގެވި ފަދައިން ތައްޔާރުކުރުމަށް ބަޞަލީލުއާއި އަހޫލިޔާބުއާއި އަދި މާތްރަސްކަލާނގެ ފަންނުވެރިކަމުގެ ކުޅަދާނަކަން ދެއްވި އެންމެންނާ ހަވާލު ކުރެވިއްޖެއެވެ.
ބަނީއިސްރާއީލުގެ މީސްތަކުން އެފޭލިގެކޮޅު ހެދުމަށްގެނައި ތަކެތި މޫސާގެފާނު އެމީހުންނާ ހަވާލު ކުރެއްވިއެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު މެދުކެނޑުމެއްނެތި މީސްތަކުން ތަކެތި ގެނެސް ދެމުން ގެންދިޔައެވެ.
ދެން ޕައުލް އާއި ބަރުނައްބާސް އީސާގެފާނަށް އީމާންވާ މީހުންގެ ކޮންމެ ޖަމާޢަތްތަކަށް ވެސް އެ ޖަމާޢަތެއް ބެލެހެއްޓުމަށް ބޮޑުން ޚިޔާރު ކުރިއެވެ. އަދި އެމީހުން ރޯދަހިފާ ދުޢާކޮށް މި ބޮޑުން ރަނގަޅަށް ބެލެހެއްޓެވުމަށް އެދި އެމީހުން އީމާންވެގެންވީ މާތް ސާހިބާ އީސާގެފާނަށް ދެންނެވިއެވެ.
އަދި އަރުޚިއްޕުސް ގާތު މިފަދައިން ބުނެދޭށެވެ. ”މާތްސާހިބާ ޙަވާލުކުރެއްވި މަސައްކަތް ފުރިހަމަޔަށްކޮށް ނިންމައިދޭށޭ.“
މީހަކު ކިތަންމެ ބޭނުންވިޔަސް އޭނާއަކަށް އަމިއްލައަކަށް އުއްތަމަ އިމާމަކަށް ނުވެވޭނެއެވެ. އިމާމަކު އައްޔަން ކުރެއްވޭނީ މާތްރަސްކަލާނގެއަށެވެ. ހާރޫނުގެފާނަށް އުއްތަމަ އިމާމުކަން ދެއްވީ ވެސް މާތްރަސްކަލާނގެއެވެ.