13 ދެން ރަނުގެ ފަންސާސް ބުޅި ހަދައި އެދެފޮތިގަނޑު އެއްފޮތިގަނޑަށް ވާނެ ފަދައިން ގުޅުވާލިއެވެ.
”ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ.
ދެން ރަނުގެ ފަންސާސް ބުޅި ހަދައި ބޮޑު ދެ ފަރުދާގައި ފުޅާ ކާރި ފަށުގައި ހަރުކުރޭ. އަދި އޭގައި ފަންސާސް ރަނުގެ ބުޅި ހަރުކޮށް އަނެއް ފަރުދާގައި ހުންނަ މަޅިތަކުގައި އަޅުވާ. މިގޮތުން ހެދިފައި ހުންނަ އިރު މުޅި ފޭލިގެ ވެސް ހުންނާނީ އެއް ފަރުދާއެއްގެ ގޮތުގައި.