ނެރުއްވުން 36:1 - ކިތާބުލް މުޤައްދަސާ1 މާތްވެގެންވާ ފޭލިގެކޮޅު އެކަލާނގެ އެންގެވި ފަދައިން ތައްޔާރުކުރުމަށް ބަޞަލީލުއާއި އަހޫލިޔާބުއާއި އަދި މާތްރަސްކަލާނގެ ފަންނުވެރިކަމުގެ ކުޅަދާނަކަން ދެއްވި އެންމެންނާ ހަވާލު ކުރެވިއްޖެއެވެ. အခန်းကိုကြည့်ပါ။ |
އަދި އޭނާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރީ ދާނު ގަބީލާއިން އައިސްހުރި އަޚީސާމާކު ގެ ދަރި އަހޫލިޔާބުއެވެ. މީނާއަކީ ކުރެހުމާއި ކަނޑާނެގުމުގެ ކަޅުދާނަކަން ލިބިފައިހުރި މީހެކެވެ. މީގެ އިތުރުން އޭނާއަކީ ނުލާއި، ދަނބާއި ގަދަރަތްކުލައިގެ ރޮދިން ތިނޯހު މަސައްކަތާއި ޖަރީކުރުމުގެ ފަންނުގައި ވެސް އަރާހުރި މީހެކެވެ.
ފަންނުވެރިން އިމާމުންގެ ހެދުންކޮޅުތައް ތައްޔާރުކުރީ ނޫކުލައާއި، ދަނބުކުލައާއި، ގަދަރަތްކުލައިން ޖަރީކޮށް މޮޅަށް ވިޔެވިފައިވާ ފޮތިންނެވެ. މިއީ މާތް މަޤާމުފުޅުގައި އެމީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރާއިރު ލާ ހެދުންކޮޅެވެ. ހާރޫނުގެފާނުގެ އިމާމު ހެދުންކޮޅު ތައްޔާރު ކުރެވުނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.