8 ބައްތި ދިއްލާނެ ޒައިތޫނި ތެޔޮ؛ ޚާއްސަކުރެވޭ މީހުންގެ ގަޔަށް އޮއްސާ ތެލާއި މީރުވަސް ދުއްވާ ތަކެއްޗާއި ދުންބުރުވާ ހަދާނެ ތަކެތި؛
”ބަނީ އިސްރާއީލުގެ މީހުންނަށް އަމުރުކުރޭ، ބައްތި ދިއްލަން ސާފު ޒައިތޫނި ތެޔޮ ގެންނާށޭ. އަދި އެބައްތި ނިވިޔަ ނުދީ މުޅިރޭ ދިއްލާފައި ބަހައްޓާށޭ.
”އެންމެ މޮޅު މީރު ވަސްދުވާ ތަކެތި އެއްކުރޭ. އެއީ ހަ ކިލޯ މުއްރި ތެލާއި، ތިން ކިލޯ މީރު ވަސް ދުވާ ފޮނިތޮށި، ތިން ކިލޯ މީރު ވަސްދުވާ އެއްތެޔޮ،
އަދި އަންދައި ޤުރުބާނީ ކުރާ އަށީގައި އާއި ގެންގުޅޭ ތަކެއްޗާއި، ފެންދޮލަނގާއި، އޭގެ ސްޓޭންޑްގައި ވެސް އުނގުޅާ.
އަދި މީރު ވަސްދުވާ ތަކެއްޗާއި ބައްތި ދިއްލާނެ ޒައިތޫނިތެލާއި އުނގުޅާ ތެޔޮ ތައްޔާރު ކުރާނެ މީރު ވަސްދުވާ ތަކެއްޗާއި ދުން އަޅާނެ ތަކެތި ވެސް ގެނައެވެ.
ހިއްކައި ރަތް ކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ބަކަރި ހަން؛ އަކާސިޔާ ލަކުޑި؛
ޔަމަނު ޢަޤީޤު ހިލާއި އަފޫދު ހެދުމުގައި އާއި އޭގެ މޭމަތީ ފޮތިގަނޑުގައި ޖަހާނެ އެކިކަހަލަ ޖަވާހިރު.‘