6 ނުލާއި ދަނބާއި ގަދަރަތް ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރި؛
ނުލާއި ދަނބާއި ގަދަރަތް ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރި؛
”ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ.
ފޭލިގޭގެ ތެރޭގައި ލިނެން ފޮތިން ވިޔެފައިވާ ޚާއްސަ ފަރުދާއެއް ދަމާ. އެ ފަރުދާގައި ނުލާއި ދަނބު ކުލައާއި ގަދަރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ހުންނަންވާނެ.
ފޭލިގެއަށް ވަންނަ ދޮރުމަތީގައި އެހެން ފަރުދާއެއް ދަމާ. އެއީވެސް މޮޅަށް ވިޔެފައިވާ ފޮތީގެ ފަރުދާއަކަށް ވާންވާނެ. އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރޭ.
”ދެން ވަރަށް ފަންނުވެރި ކަމާއެކު މޭމަތީ ފޮތިގަނޑު އަފޫދާ އެއް ވައްތަރަކަށް ތައްޔާރު ކުރޭ. މި ފޮތިގަނޑު ރަނާއި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ވިޔޭ. އަހަރެންގެ ކިބައިން ކަންކަމަށް މަގުދެއްކުން އެދޭ ހިނދު މި ފޮތިގަނޑު އަޅާ.
އަދި ނުލާއި، ދަނބާއި، ގަދަރަތް އުއިން އަންނާރު ސިފައިގައި އުއި ގުޅަތައް ވަށައި މި އުއި ގުޅަތައް އެ ހެދުމުގެ ފަސްބައިގައި ހަރުކުރޭ. އޭގެ ދެ އަންނާރު ދެމެދުގައި ރަނުގެ ރަނގަބީލުތައް ހަރުކުރޭ.
’ތިމަންކަލާނގެއަށް ހުށަހެޅުމަށް ވެދުން ގެންނާށޭ. ވެދުން ހުށަހަޅަން އެދޭ މީހުން ތިރީގައި މިވާ ފަދައިން ތިމަންކަލާނގެއަށް ވެދުންތައް ހުށަހަޅާށޭ: ރަނާއި ރިއްސާއި އަދި ކަފުލޯ؛
ހިއްކައި ރަތް ކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ބަކަރި ހަން؛ އަކާސިޔާ ލަކުޑި؛