Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 35:31 - ކިތާބުލް މުޤައްދަސާ

31 މާތްކަލާނގެ ވަނީ އެއިލާހުގެ މާތްރޫޙުފުޅުން އޭނާއަށް މިކަމުގެ ޙިކުމަތާއި ކުޅަދާނަކަމާއި ވިސްނުން ދެއްވާފައި. އަދި ހުރިހާ ކަމެއް ކުރުމުގެ ފަންނުވެރިކަން ވެސް ވަނީ އޭނާއަށް ދެއްވާފައި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 35:31
13 ပူးပေါင်းရင်းမြစ်များ  

އަހަރެން ރޫޙާނީ ވިސްނުން ދީފައިވާ ހުރިހާ ފަންނުވެރިންނަށް އަންގާ، އަހަރެންގެ ޚިދުމަތުގައި ހުންނަ އިމާމު ހާރޫނަށް އެކަށީގެންވާ އިއްޒަތްތެރި ހެދުމެއް ތައްޔާރު ކުރާށޭ.


ތިމަންކަލާނގެ ވަނީ އޭނާއަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފުރާދީފައި. އެގޮތުން އޭނާއަށް ހުރިހާ ބާވަތެއްގެ ޙިކުމަތަކާއި ހުނަރަކާއި ފަންނުވެރިކަން ލިބިފައިވާނެ.


ދެން މޫސާގެފާނު ބަނީއިސްރާއީލުގެ މީހުންގެ ގާތު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ވަނީ ޔަހޫޛާގެ ގަބީލާގެ އޫރީގެ ދަރި އަދި ޙޫރުގެ ކާފަދަރި ބަޞަލީލު މި ކަންތައް ކުރުމަށް ހޮއްވަވާފައި.


އޭނާއަކީ ރަނާއި ރިހިން އަދި ކަފުލޯގެ އަތުމަސައްކަތާއި އަތްތެރިކަމުގެ ތަޖުރިބާ ލިބިފައި ހުރި ފާޑުވެރި މޭސްތިރިއެއް.


އެކަލާނގެ ވަނީ ކުރެހުންތެރިންނާއި ފާޑުވެރިންނާއި، ތިނޯހުގެ މަސައްކަތް ކުރާ މީހުންނާއި ވިޔާ މީހުންނަށް އެ ހުނަރު ވެސް ދެއްވާފައި. އެމީހުންނަކީ ފާޑުވެރިކަމާއެކު ނުލާއި ދަނބު އަދި ގަދަރަތް ރޮދިން މޮޅު ހެދުންތައް ވިޔެ އުފެއްދުންތެރި ކަމާއެކު އެމަސައްކަތް ކުރުމުގެ އެންމެ ކުޅަދާނަ މީހުން ކަމުގައި ވަނީ ހިމެނިފައި.⁠“


އެކަލޭގެފާނީ މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ހުރިހާ ހިކުމަތާއި އިލްމު ހިމެނޭ ޚަޒާނާތަކުގެ ތަޅުނދަނޑި ވެސް މެއެވެ.


ކޮންމެ ރަނގަޅު އަދި ފުރިހަމަ ހަދިޔާއެއް ލިބިދެނީ އުޑުގައި ވޮޑިގެންވެ ބަބުޅަމުން ދާ އެންމެހާ ތަކެތި ޚަލްޤު ކުރެއްވި ބައްޕާފުޅު މާތްރަސްކަލާނގެ ޙަޟްރަތުން ވެސް މެއެވެ. އުޑުގައިވާ އެ ތަކެތި އޭގެ ދައުރާނާ އަދާކުރަމުން ދާހިނދު އައްޔާއި ހިޔަންޏަށް ބަދަލު އަންނަމުން ދެއެވެ. އެފަދަ ތަކެތި ބަދަލުވެ ދިޔަސް މާތްރަސްކަލާނގެ ބަދަލުވުމެއްނެތި ދެމިވޮޑިގެންވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ