ނެރުއްވުން 35:29 - ކިތާބުލް މުޤައްދަސާ29 މާތްރަސްކަލާނގެ މޫސާގެފާނު މެދުވެރިކޮށް އެންގެވި ހުރިހާ ކަމެއް ކުރުމަށް ބޭނުންވާ ތަކެތި އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށް އެދުނު ބަނީއިސްރާއީލުގެ ހުރިހާ އަންހެނުންނާ ފިރިހެނުން އެތަކެތި ގެނެސް މާތްރަސްކަލާނގެ ކިބަފުޅަށް ހުށައެޅިއެވެ. အခန်းကိုကြည့်ပါ။ |
އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.