ނެރުއްވުން 35:25 - ކިތާބުލް މުޤައްދަސާ25 ތިނޯހުގެ މަސައްކަތް ކުރަން ދަންނަ އަންހެންވެރިން، ނުލާއި ދަނބާއި ގަދަރަތް ރޮދީގެ ބަރަނި އެޅިއެވެ. އަދި މޮޅު ފޮތި ވެސް ގެނައެވެ. အခန်းကိုကြည့်ပါ။ |
ޕަތަރަސްއަށް މިޚަބަރު ލިބުމާއި އެކު އެމީހުންނާއި އެކު ޖައްފާއަށް ދިއުމަށް ދަތުރު ފެށިއެވެ. ޕަތަރަސް އައުމާއި އެކު އެމީހުން އޭނާ ތަބިތާގެ ގަބުރު ބޭއްވިފައިވާ ކޮޓަރިއަށް ގެންދިޔައެވެ. އެކޮޓަރީގައި ފިރިމަރުވެފައިވާ އެތައް ބައިވަރު ހުވަފަތް އަންހެނުންނެއް ރޮއި ހިތާމަކުރަމުން ދިޔައެވެ. އެމީހުން ޕަތަރަސްއަށް ތަބިތާ އެމީހުންނަށް ފަހާދީފާވީ އަންނައުނުތައް ދެއްކިއެވެ.
މީގެއިތުރުން އީމާންތެރިކަމުގައި ވީ އަހަރެންގެ އެކުވެރިޔާ ކައިރިން މި ދެއަންހެނުންގެ މެދުގައި ސުލްޙަވެރި ޙަޔާތެއް ވޭތު ކުރުމަށް އެހީތެރިވެ ދިނުމަށް އެދެމެވެ. އަދި މި ދެ އަންހެނުން އަހަރެންނާއި ކިލެމެންތުއާއި ދެމީހުންނާއި އެކު އެހެނިހެން ފަރާތްތަކަށް ހެޔޮޚަބަރުފުޅު އަންގައި ދިނުމުގައި އެހީތެރިވެދިނެވެ. އެމީހުންގެ ނަން ޙަޔާތުގެ ފޮތުގައި މިހާރު ވާނީ ލިޔެވިފައެވެ.