Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 35:22 - ކިތާބުލް މުޤައްދަސާ

22 އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 35:22
18 ပူးပေါင်းရင်းမြစ်များ  

އެހެންވެ ހާރޫނުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ އަނބިދަރިންގެ ކަންފަތުގައި ހުރި ރަނުގެ މުދިތައް މަގޭ ގާތަށް ގެނޭ.⁠“


ދެން އެމީހުން ގޮސް އެތަކެތި ހާރޫނުގެފާނަށް ގެނެސް ދިނެވެ.


އެމީހުންގެ ހިތުގައި ރޫޙާނީ ވަރުގަދަ ފޯރިއެއް ހިނގައިގަނެ މާތްރަސްކަލާނގެއަށް ވެދުން ކުރުމަށް ފޭލިގެކޮޅަށް ބޭނުންވާނެ ތަކެތި ގެނަސްފިއެވެ. އަދި އަޅުކަން ކުރަން ބޭނުންވާހާ ތަކެއްޗަކާއި ކަރާމާތްތެރި ހެދުންތައް ވެސް ތައްޔާރުކޮށްގެން އަތުވެއްޖެއެވެ.


އަދި މިބާވަތުގެ ތަކެތި ހުރި މީހުން ވެސް އައީ އެ އެއްޗެހި ހިފައިގެންނެވެ: ނޫކުލައާއި ދަނބުކުލަ، އަދި ގަދަރަތް ކުލަ ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރީގެ މޮޅު ފޮތި؛ ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅި ހަމާއި މޮޅު ގެރި ހަން.


ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫން ވެސް ރަނުގެ ގަހަނާއެއް ފަދައެވެ.


އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ