ނެރުއްވުން 35:21 - ކިތާބުލް މުޤައްދަސާ21 އެމީހުންގެ ހިތުގައި ރޫޙާނީ ވަރުގަދަ ފޯރިއެއް ހިނގައިގަނެ މާތްރަސްކަލާނގެއަށް ވެދުން ކުރުމަށް ފޭލިގެކޮޅަށް ބޭނުންވާނެ ތަކެތި ގެނަސްފިއެވެ. އަދި އަޅުކަން ކުރަން ބޭނުންވާހާ ތަކެއްޗަކާއި ކަރާމާތްތެރި ހެދުންތައް ވެސް ތައްޔާރުކޮށްގެން އަތުވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އެމީހުން އައިއިރު އެމީހުންގެ އަންހެންވެރިން ވެސް އައެވެ. އެމީހުން އެތަކެތި ގެނައީ ހިތުން ރުހުމުންނެވެ. މާތްރަސްކަލާނގެއަށް ވެދުން ހުށަހެޅުމަށް، ހެދުމުގައި ޖަހާ ރަންރިހީގެ ދަތިތަކާއި ކަންފަތުލާ މުދިތަކާއި އިނގިލީގައި އަޅާ އަނގޮޓިތަކާއި ކަރުގައި އަޅާ ފައްޓަރުތަކާއި މިފަދަ އެއްޗެހިތައް އެމީހުން ގެނައެވެ. އެމީހުން މިގެނައި ތަކެތި މާތްރަސްކަލާނގެއަށްޓަކައި އެކިކަންކަމަށް ވެދުން ކުރިއެވެ.