Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:7 - ކިތާބުލް މުޤައްދަސާ

7 އަހަރެންގެ ދެގޮތެއް ނުވާ ލޯބި އެތައް ހާސް ދަރިފަސްކޮޅަކާ ހަމަޔަށް ދެމިގެންދާނެ. އަހަރެން މީސްތަކުން ކުރާ އެކިކަހަލަ ނުބައިނުލަފާ ކަންތަކާއި ދެކޮޅުވެރިކަމާއި ފާފަތައް އަފޫ ކުރަން. އެކަމަކު އަހަރެންނާ މެދު ކުށް ކުރާ މީހުންނާއި އެމީހުންގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެމީހުން ކުރާ ކުށުގެ އަދަބު ނުދީއެއް ނުބަހައްޓާނަން. އެކަމުން މުޅި އާއިލާއަށް އަސަރުކުރާނެ، އަދި އެމީހުންގެ ކާފަ ދަރިންނާއި މުނިކާފަ ދަރިންނާ ހަމަޔަށް ވެސް އެކަމުގެ އަސަރު ފޯރާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:7
57 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަދިވެސް ލޫޠުގެފާނު މިކަމާ ފަސްޖެހިވަޑައިގަތުމުން އެދެމަލާއިކަތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަބަލުންނާ ދެއަންހެންދަރިންގެ އަތުގައި ހިއްޕަވައިގެން އެރަށުން ބޭރަށް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ މަތިވެރިކަމެވެ.


އޭނާ އަންގާ ގޮތަކާ ތަބާވާތި. އޭނާއާ ދެކޮޅު ނަހަދާތި. އެހެނީ އޭނާއަކީ އަހަރެންގެ ނަންމަތީ ފޮނުވާ މަލާއިކަތެއް. ކަލޭމެންގެ ދެކޮޅުވެރިކަމަކަށް އެ މަލާއިކަތާ ކެތެއް ނުކުރާނެ.


އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ކުރިމަތިން އަހަރެންގެ ހުރިހާ އޯގާވެރިކަމެއް ހުރަސް ކުރާތަން ބަލަން ހުރޭ. އަދި އަހަރެންގެ ކަރާމާތްތެރި ނަން ކަމަށްވާ ޔަހޫވޭގެ ނަން ކަލެއަށް ހާމަ ކޮށްދޭނަން. އެހެނީ އަހަރެންގެ ރަޙުމަތާއި އޯގާވެރިކަން އަހަރެން ބޭނުން މީހަކަށް ދައްކަމު.


އެކަލޭގެފާނު ދެންނެވިއެވެ. ”⁠އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!⁠“


ވީމާ އަހަރެން ބުނަންތަ؟ މީސްތަކުން ކުރާ ފާފަތަކާއި ބުނާ މުރުތައްދު ބަސްތައް ވެސް ޢަފޫ ކުރައްވާނެ. އެކަމަކު މާތްރަސްކަލާނގެ މާތްރޫޙުފުޅާއި މެދު ދެކޮޅުވެރިވެ މުރުތައްދު ބަސްތައް ބުނެފި ކަމުގައިވާނަމަ އެކަން ޢަފޫއެއް ނުކުރައްވާނެ.


އަޅަމެންނާއިމެދު ނުބައިކޮށް އަމަލުކުރާ ފަރާތްތަކަށް އަޅަމެން މަޢާފްދޭ ފަދައިން އަޅަމެންގެ ފާފަތައް ވެސް އިނބަރަސްކަލާނގެ ފުއްސަވާފާނދޭވެ!


މީގެން އެކަކަށް ވެސް މި ލާރި އަނބުރާ ދެވޭކަށް ނެތް. އެހެންވެ މި ލޯނުދޫކުރާ މީހާ މި ދެމީހުންގެ ދަރަނި ކަނޑާލަ ދިން. މިހެން ކަންތައް ވީހިނދު މީގެތެރެއިން ލޯނުދޫކުރާ މީހާ ދެކެ ބޮޑަށް ލޯބިވެ ޝުކުރުވެރިވާނީ ކާކު؟⁠“


ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ ފާފަތައް ފުހެވިއްޖެ.⁠“


އެކުވެރިންނޭ އަޅުގަނޑު ތިޔަ އެންމެ ހާ އަޚުންނަށް ދޭން އެދޭ ޚަބަރަކީ އީސާގެފާނު މެދުވެރިކޮށް ތިޔަ އެންމެ ހާ މީސްތަކުންގެ ފާފަ ފޮއްސެވޭނެ ކަމުގެ ޚަބަރު.


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ.


އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.


އެހެނީ އަހަރެމެންގެ އިލާހަކީ ފަނާކުރަނިވި އަލިފާނެއް ފަދަ ކަލެކެވެ!


ނަމަވެސް އަހަރެމެންގެ ފާފަތަކަށް އިޢުތިރާފު ވުމުން އެކަލާނގެ އަހަރެމެންގެ ފާފަތައް އަފޫ ކުރައްވައި އަހަރެމެންގެ ކުށްފާފަތައް ފިއްލަވައި ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ އިތުބާރު ކުރެވޭ އަދުލުވަންތަ ކަލާނގެއެވެ.


ޙަޔާތުގެ ފޮތުގައި އެބައެއްގެ ނަން ލިޔެވިގެންނުވާ ހުރިހާ އެންމެން އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ.


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ