Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:5 - ކިތާބުލް މުޤައްދަސާ

5 ދެން މާތްރަސްކަލާނގެ ވިލާގަނޑެއްގެ ތެރޭން ފާޅުވެ ވޮޑިގެން އެކަލޭގެފާނުގެ ގާތުގައި ހުއްޓިވޮޑިގެންފިއެވެ. އެކަލޭގެފާނު އެކަލާނގެ ނަންފުޅު ”⁠ޔަހޫވޭ⁠“ އޭ ވިދާޅުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:5
16 ပူးပေါင်းရင်းမြစ်များ  

މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ބޯ ވިލާގަނޑެއްގެ ތެރޭގައި ކަލޭގާތަށް ދާނަން. އޭރުން އަހަރެންގެ އަޑު އެމީހުންނަށް އިވޭނެ. އެއަޑު އިވުމުން އެމީހުން ކަލޭގެ ބަސް އަޑުއަހައި އިތުބާރު ކުރަމުން ދާނެ.⁠“ މޫސާގެފާނު އެމީހުން ބުނި ބަސްތައް މާތްރަސްކަލާނގެއަށް ދެންނެވިއެވެ.


އޭނާ އަންގާ ގޮތަކާ ތަބާވާތި. އޭނާއާ ދެކޮޅު ނަހަދާތި. އެހެނީ އޭނާއަކީ އަހަރެންގެ ނަންމަތީ ފޮނުވާ މަލާއިކަތެއް. ކަލޭމެންގެ ދެކޮޅުވެރިކަމަކަށް އެ މަލާއިކަތާ ކެތެއް ނުކުރާނެ.


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ކުރިމަތިން އަހަރެންގެ ހުރިހާ އޯގާވެރިކަމެއް ހުރަސް ކުރާތަން ބަލަން ހުރޭ. އަދި އަހަރެންގެ ކަރާމާތްތެރި ނަން ކަމަށްވާ ޔަހޫވޭގެ ނަން ކަލެއަށް ހާމަ ކޮށްދޭނަން. އެހެނީ އަހަރެންގެ ރަޙުމަތާއި އޯގާވެރިކަން އަހަރެން ބޭނުން މީހަކަށް ދައްކަމު.


މޫސާގެފާނު އެތެރެއަށް ވެދެ ވަޑައިގަތުމުން ވިލާގެ ތަނބު ތިރިޔަށް އައިސް ފޭލިގެކޮޅުގެ ދޮރުމަތީގައި ހުރެއެވެ. އަދި މާތްރަސްކަލާނގެ އެ ތަނބުގެ ތެރޭން މޫސާގެފާނަށް ބަސްފުޅު ވަޙީކުރައްވައެވެ.


މާތްރަސްކަލާނގެ ނަންފުޅު ވަރުގަދަ ކިއްލާއެއް ފަދައެވެ. އެހެނީ އެ ކިއްލާއަށް ދުވެ ގޮސް ވަންނަ ސާލިހަކަށް ރައްކާތެރިކަން ލިބިގެންވެއެވެ.


ދެން ޞަމޫއީލް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޢާލީ ބުންޏެވެ. ”⁠އެއީ މާތްރަސްކަލާނގެ! އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތަކަށް އެ ކަމެއް ހިންމަވާފާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ