Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:35 - ކިތާބުލް މުޤައްދަސާ

35 ބަނީ އިސްރާއީލީންނަށް އެކަލޭގެފާނުގެ މޫނުފުޅުން ނޫރުފުޅެއް ވިދާބަބުޅާތަން ފެނެއެވެ. އެހެންކަމުން މާތްކަލާނގެ ޙަޟްރަތަށް ކުއްތަން ވާން ވަޑައިގަންނަވަން ވަންދެން އެކަލޭގެފާނު އުޅުއްވަނީ މޫނުފުޅު ނިވާ ކުރައްވައިގެންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:35
9 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ އެންމެން އެއްކުރައްވައި ވިދާޅުވިއެވެ. ”⁠މިއީ ކަލޭމެންނަށް މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް:


ސާލިޙު މީހުން އެމީހުންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި އިރު ފަދައިން ބަބުޅަމުން ދާނެ. ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!


މި އުސޫލުން، ތިޔަބައިމީހުންގެ ކިބާގައިވާ އަލިކަން ވެސް މީސްތަކުންނަށް ފެންނަންވާނެ. ތިޔަބައިމީހުންގެ ކިބައިން ފެންނަ ހެޔޮ ޢަމަލުތަކަށްޓަކައި މީސްތަކުން އުޑުގައި ވޮޑިގެންވާ ތިޔަބައިމީހުންގެ ބައްޕާފުޅަށް އެބައިމީހުން ޙަމްދުކުރާނެ.⁠“


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ