32 ދެން އިސްރާއީލީންގެ އެންމެންމެ އެތަނަށް އަތުވެއްޖެއެވެ. މޫސާގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ޠޫރުސީނާ ފަރުބަދައިގައި އެންގެވި އަމުރުފުޅުތައް ވިދާޅުވެ ދެއްވިއެވެ.
”މި އެންގުންތައް އިސްރާއީލީންނަށް އަންގާ!
ދެން މޫސާގެފާނު ވަޑައިގެން މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް އެމީހުންނަށް ވިދާޅުވެ ދެއްވައިފިއެވެ. ދެން އެމީހުން އެއްއަޑަކުން ދެންނެވިއެވެ. ”މާތްރަސްކަލާނގެ އެންގެވި ކޮންމެ އަމުރުފުޅަކަށް އަހަރެމެން ބޯލަނބައި ކިޔަމަން ގަންނާނަން.“
އެކަމަކު މޫސާގެފާނު އެބޭކަލުންނަށް ގޮވާލެއްވިއެވެ. އަދި ހާރޫނުގެފާނާއި އިސްރާއީލީންގެ ޖަމާޢަތްތަކުގެ އިސްވެރިން އެކަލޭގެފާނުގެ ގާތަށް އައުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު އެމީހުންނާ ވާހަކަ ދެއްކެވިއެވެ.
މޫސާގެފާނު އެމީހުންނާ ވާހަކަ ދައްކަވައި ނިމި ވަޑައިގަތުމުން އެކަލޭގެފާނުގެ މޫނުފުޅު ނިވާކުރެއްވިއެވެ.
ދެން މޫސާގެފާނު ބަނީއިސްރާއީލުންގެ އެންމެން އެއްކުރައްވައި ވިދާޅުވިއެވެ. ”މިއީ ކަލޭމެންނަށް މާތްރަސްކަލާނގެ ކުރެއްވި އަމުރުފުޅުތައް: