ނެރުއްވުން 34:31 - ކިތާބުލް މުޤައްދަސާ31 އެކަމަކު މޫސާގެފާނު އެބޭކަލުންނަށް ގޮވާލެއްވިއެވެ. އަދި ހާރޫނުގެފާނާއި އިސްރާއީލީންގެ ޖަމާޢަތްތަކުގެ އިސްވެރިން އެކަލޭގެފާނުގެ ގާތަށް އައުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު އެމީހުންނާ ވާހަކަ ދެއްކެވިއެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނުގެ އަޚުންނަށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަކީ ޔޫސުފު. އަހަރެންގެ ބަފައިކަލުން މިއަދު ދުނިޔޭގައި އެބަ ހުންނެވިތަ؟“ ނަމަވެސް އެކަލޭގެފާނުގެ އަޚުން އެކަލޭގެފާނަށް ޖަވާބެއް ނުދެއްވައި ހަނުހިމޭނުން ތިއްބެވެ. އެއީ ކަލޭގެފާނުދެކެ އެބައިމީހުން ބިރުގަނެފައި ވުމުގެ ސަބަބުންނެވެ.
އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”އިސްރާއީލީންގެ ގާތުގައި ބުނޭ: ’އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.‘