30 ހާރޫނުގެފާނާއި ދެންތިބި ބަނީ އިސްރާއީލީންނަށް އެކަލޭގެފާނުގެ މޫނުފުޅުން ފާޅުވެފައިވާ ނޫރުފުޅު ފެނިފައި ބިރުން އެކަލޭގެފާނުގެ ގާތަށް ދާކަށް ނުކެރުނެވެ.
އެކަމަކު މޫސާގެފާނު އެބޭކަލުންނަށް ގޮވާލެއްވިއެވެ. އަދި ހާރޫނުގެފާނާއި އިސްރާއީލީންގެ ޖަމާޢަތްތަކުގެ އިސްވެރިން އެކަލޭގެފާނުގެ ގާތަށް އައުމަށް އެންގެވިއެވެ. އަދި އެކަލޭގެފާނު އެމީހުންނާ ވާހަކަ ދެއްކެވިއެވެ.
މީސްތަކުންނަށް އެބޭކަލުންނާއި އެކުގައި އީސާގެފާނު ހުންނެވިތަން ފެނުމުން ވަރަށް ބޮޑަށް ޙައިރާންވެ، އަދި އެކަލޭގެފާނަށް މަރުޙަބާ ދެންނެވުމަށް އެމީހުން ދުވެފައި ދިޔައެވެ.
އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ހުދުކުލައިން ވިދާ ބަބުޅަން ފެށިއެވެ. އަދި އެފަދަ ހުދުކުލައެއް ފެނިގެން ނުވާ މިންވަރަށް ހުދުވެގެން ދިޔައެވެ.
ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.“