ނެރުއްވުން 34:29 - ކިތާބުލް މުޤައްދަސާ29 މޫސާގެފާނު އެ ހިލަފޮތިތައް ހިއްޕަވައިގެން ޠޫރުސީނާ ފަރުބަދައިން ފައިބައި ވަޑައިގެންނެވި އިރަކު އެކަލޭގެފާނުގެ މޫނުފުޅުން އުޖާލާ ނޫރެއް ފާޅުވަމުން ދާކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް ކުއްތަންވެ އެކަލާނގެއާ އެކު ބަސްފުޅު ވިދާޅުވި ފަހުން ފާޅުވަމުން އައި ނޫރުފުޅެކެވެ. အခန်းကိုကြည့်ပါ။ |
ބާރުގަދަ އެހެން މަލާއިކަތަކު އުޑުން ތިރިއަށް ފައިބައި ވަޑައިގަންނަވަނިކޮށް އަހަރެން ދުށީމެވެ. އެ މަލާއިކަތާ ވަނީ ވިލާގަނޑަކުން އޮޅާލެވިފައެވެ. އަދި އެ މަލާއިކަތާގެ އިސްތަށިފުޅުގެ ވަށައިގެން ވިއްސާރަދުންޏެއް ވިއެވެ. އެ މަލާއިކަތާގެ މޫނުފުޅު އިރުފަދައިން ވިއެވެ. އަދި އެ މަލާއިކަތާގެ ފައިތިލަފުޅު އަލިފާނުގެ ތަނބުތަކެއް ފަދައިންވިއެވެ.