Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:28 - ކިތާބުލް މުޤައްދަސާ

28 މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:28
16 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.


މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.


މި ހިލަ ފޮތިތަކުގައި ވާ ލިޔުމަކީ ސީދާ މާތްކަލާނގެ އަތްޕުޅުން ލިޔުއްވައިފައިވާ އަމުރުފުޅުތަކެކެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކުރީގެ ހިލަފޮތި ގޮތަށް ދެ ހިލަފޮތި ހަދާ. ކަލޭ ތަޅާލި ހިލަ ފޮތީގައި އަހަރެން ލިއުނު ބަސްތައް އަލުން ލިއެދޭނަން.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަޑުއަހާ! އަހަރެން ކަލޭމެންނަށް މި ޢަހުދު ކުރަނީ، މީގެ ކުރީގައި ދުނިޔެމަތީގައި އެއްވެސް ތަނަކުން ފެނިފައިނުވާފަދަ މުޢުޖިޒާތްތަކެއް ކަލޭމެން އެންމެންނަށް އަހަރެން ދައްކައިދޭނެކަމަށް. ކަލޭމެންގެ ވަށައިގެން ތިބިހާ ބަޔަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަ މޮޅެތި ކަންތައް ދައްކައިދޭނަން.


އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ.


އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ. މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ