26 ކޮންމެ އަހަރަކު ކަލޭމެން ފުރަތަމަ ކަނޑާ ގޮވާން ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ގެކޮޅަށް ގެންނަން ވާނެ. ކަލޭމެން ނަމަނަމަ ޅަ ބަކަރިއެއް އޭގެ މައިއެތީގެ ކިރުގައި ނުކައްކާތި.“
ކަލޭމެން ގޮވާން ކަނޑާއިރު އެންމެ ފުރަތަމަ ކަނޑާ އެންމެ ރަނގަޅު ގޮވާން ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ގެކޮޅަށް ހުށަހަޅަން ގެންދަން ވާނެ. ޅަ ބަކަރިއެއް އޭގެ މައިއެތީގެ ކިރުގައި ނުކައްކާތި.“
ނަމަވެސް އެންމެ ފުރަތަމަ ހޯދަންވީ މާތްރަސްކަލާނގެ ރަސްކަންފުޅު. އަދި ތިޔަބައިމީހުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރުމުގައިވޭ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ދެއްވާނެ.
އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.