22 ކަލޭމެން ފުރަތަމައިން ގޮދަން ކަނޑާ ދުވަސްވަރު ގޮވާން ކަނޑާ ޢީދު ފާހަގަކުރޭ. އަދި ޚަރީފު މޫސުން އައިސް މޭވާ ބިނދެ ހިޔަލަށް ވަންނަ އީދު ވެސް ފާހަގަކުރޭ.
”ކޮންމެ އަހަރަކު ތިން ޢީދު އަހަރެންނަށްޓަކައި ކަލޭމެން ފާހަގަކުރާތި.
ދެވަނައަށް ފާހަގަކުރަން ޖެހޭނީ ގޮވާން ކަނޑާ ޢީދު. އެ ޢީދުގައި ކަލޭމެން ފުރަތަމަ ކަނޑާ ގޮވާން އަހަރެންނަށް ހުށަހަޅަން ވާނެ. އެންމެފަހުން ފާހަގަ ކުރަން ޖެހޭނީ ގޮވާން މޫސުން ނިމޭ ޢީދު. އެއީ އެމޫސުމުގައި ކަލޭމެން އެންމެ ފަހުފަހަރަށް ގޮދަން ކެނޑުން ފާހަގަ ކުރާ ޢީދު.
އޭރު ބަނީއިސްރާއީލު މީހުންގެ ހިޔާވަހި ހަދާ ޢީދު ވަނީ ވަރަށް ކައިރިވެފައެވެ.
މިއަށް ފަހު ދުވަސްކޮޅެއް ފަހުން، ބަނީއިސްރާއީލު މީހުންގެ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރުމަށްޓަކައި އެކި ރަށްތަކުން އެ ދީނުގެ ވަރަށް ގިނަ މީހުން ޖެރޫސަލަމަށް އައެވެ. މާތް ސާހިބު އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ވެސް އެ ރަށުގެ ގެއެއްގައި އެއްވިއެވެ.