Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:21 - ކިތާބުލް މުޤައްދަސާ

21 ކަލޭމެން މަސައްކަތް ކުރަން ހަފްތާއަކު ހަދުވަސް އޮންނާނެ. ހަތްވަނަ ދުވަހަކީ ގޮވާން އިންދަން ފަށާ ދުވަސް ވިޔަސް ނުވަތަ ގޮވާން ކަނޑާ ދުވަސް ވިޔަސް އެދުވަހު މަސައްކަތެއް ކޮށްގެން ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:21
13 ပူးပေါင်းရင်းမြစ်များ  

ފާއިތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ވީ ތަދުމަޑު ކަމުގެ ސަބަބުން އެއްވެސް އެއްޗެއް ނުހެއްދޭނެ. އަދި މި ތަދުމަޑުކަން އިތުރު ފަސް އަހަރު ދުވަހު ދެމި އޮންނާނެ. އިތުރު އެއްވެސް ގޮވާމެއް ނުހެއްދޭނެމެ.


ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.


މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.


ކަލޭމެން މަސައްކަތްކޮށް އުޅެން ހަފްތާއަކު ހަ ދުވަސް އޮންނާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެދުވަސް ހޭދަކުރަން ވާނީ އަރާމު ކުރުމުގައި. އެއީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވޭ މާތް ދުވަހެއް. އެދުވަހު މަސައްކަތެއް ކޮށްފި މީހާ މަރާލެވޭނެ.


މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.⁠“


ދެން މިބައިމީހުން އެނބުރި ގެއަށް ގޮސް އީސާގެފާނުގެ ހަށިކޮޅަށް ކަފުން ކުރުމަށްޓަކައި އެޅުމަށް ބޭނުންވާނޭ މީރުވަސް ދުވާ ތަކެތި ތައްޔާރު ކުރިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ދީނުގެ ޙުކުމުގައި ވާ ފަދައިން ސަބަތުގެ ދުވަހުގައި މިބައިމީހުން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބެވެ.


އަދި ކޮންމެ އެއްހާސް ސިފައިންނަކަށް ސަރުދާރުންލައި، ކޮންމެ ފަންސާސް މީހުންގެ މައްޗަށް އޭގެ ތެރޭން ބަޔަކު ވެރި ކުރުވައި، ކަލޭމެންގެ ދަރިން ލައްވައި ރަސްގެފާނުގެ ދަނޑުތަކުގައި ފަސްގަނޑު ޖައްސައި، ދަނޑުގޮވާން ކުރުވައި، ހަތިޔާރު ހައްދައި، އަސްގާޑިޔަލަށް ބޭނުންވާ ތަކެތި ހައްދުވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ