Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:20 - ކިތާބުލް މުޤައްދަސާ

20 ކަލޭމެންގެ ޖަނަވާރުތަކުގެ ތެރެއިން އެންމެފުރަތަމަ އުފަންވާ ފިރިހެން ހިމާރުގެ ބަދަލުގައި ޅަކަންބަޅިއެއް ހުށައަޅައި އެ އެތި ޤުރުބާނުން ސަލާމަތް ކުރޭ. ކަލޭމެން އެހެން ހަދަން ބޭނުން ނޫންނަމަ އެ ހިމާރުގެކަރު ބިންދާލާ. އެކަމަކު ކަލޭމެން ގެ ދޮށީ ފިރިހެން ދަރީގެ ބަދަލުގައި ޖަނަވާރެއް ޤުރުބާން ކުރަންޖެހޭނެ. އެކަކު ވެސް ހުސްއަތާ އައިސްގެން ނުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:20
11 ပူးပေါင်းရင်းမြစ်များ  

އެކަމަކު ރަސްގެފާނު އަރޫނާއަށް ވިދާޅުވިއެވެ. ”⁠ނޫން. އަހަރެން ކަލޭގެ ގާތު ތެދެއް ބުނަން. އަހަރެން ކަލޭގެ ބިން ގަންނާނީ އަގުދީފައި. އޭގެ އަގު ނުދައްކައި އެއްވެސް ޤުރުބާނީއެއް އަހަރެން ނުކުރާނަން.⁠“ އެހެންވެ ދާއޫދުގެފާނު އެ ގެރިތަކާއި ގޮވާން ތޮށިނޮޅާ ދަނޑުބިން ފަންސާސް ރިހި ފައިސާފޮއްޗަށް ބައްލަވައިގެންފިއެވެ.


އެހެންކަމުން މިކަމަށް ޚާއްސަވެފައިވާ ދުވަހު ކޮންމެ އަހަރަކު ވެސް މި ކަންތައް ކުރަމުން ގެންދަން ވާނެ.


ކަލޭމެންނަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅާއި ކަލޭމެންގެ ޖަނަވާރުގެ ފުރަތަމަ އެތި މާތްރަސްކަލާނގެއަށް ޚާއްސަ ކުރަން ވާނެ. އެއީ އެކަލާނގެއަށް ވާ ތަކެތި.


އެކަމަކު ދޮށީ ހިމާރު އަލުން ގަންނަ ނަމަ އޭގެ ބަދަލުގައި ކަންބަޅިއެއް ހުށަހަޅަން ޖެހޭނެ. ހިމާރު ގަންނަން ބޭނުން ނުވާނަމަ އޭގެ ކަރު ބިންދާލަން ޖެހޭނެ. އެކަމަކު ކަލޭމެންގެ ދޮށީ ފިރިހެން ދަރިން އަލުން ގަންނަން ވާނެ.


ފިރުޢައުނު ގޮތްދޫނުކޮށް ތިމަންމެން މިޞްރުން ބޭރުވުމަށް ދެކޮޅު ހެއްދެވިއޭ. އެހެންކަމުން އެމީހުންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި އެކަލާނގެ މަރުގެންނެވިއޭ. ތިމަންމެން އެކަމުގެ ހަނދާނެއްގެ ގޮތުން ތިމަންމެންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި މާތްރަސްކަލާނގެއަށް މިހެން ޤުރުބާން ކުރަނީއޭ. އެކަމަކު ތިމަންމެންގެ ދޮށީ ފިރިހެން ދަރިން ޤުރުބާނީ ނުކޮށް އޭގެ ބަދަލުގައި ޖަނަވާރަކުން އަގުދައްކަނީއޭ.⁠‘


އަހަރެންނަށް ކަލޭމެން ވެދުން ހުށަހަޅާއިރު އެހުށަހަޅާ ގޮދަނަކުން އަދި މޭބިސްކަދުރު ދިޔައަކުން ބައެއް ކަލޭމެން ނުފޮރުވާތި. ކަލޭމެންގެ ދޮށީ ފިރިހެން ދަރިން އަހަންނަށް ދޭން ވާނެ.


ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ