2 މާދަމާ ހެނދުނު ޠޫރުސީނާ ފަރުބަދައަށް އަރައި އަހަރެންގެ ގާތަށް ހާޒިރުވާން ތައްޔާރުގައި ހުރޭ.
ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.
މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.
މާތްރަސްކަލާނގެ ޠޫރުސީނާގެ ކުންނުމައްޗަށް ފައިބާ ވަޑައިގެން މޫސާގެފާނު އަރައި ވަޑައިގަތުމަށް ވަޙީ ކުރެއްވިއެވެ. އެހެންވެ މޫސާގެފާނު ފަރުބަދައިގެ ކުންނަށް އަރާ ވަޑައިގެންނެވިއެވެ.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިރިއަށް ގޮސް ހާރޫނު ގޮވައިގެން އާދޭ. އެކަމަކު ބަލާތި، އެއްވެސް އިމާމަކު ވިޔަސް ނުވަތަ އެހެން މީހަކު ވިޔަސް އަހަރެން ދުށުމަށް އިން ފަހަނައަޅައި އާދޭތޯ. އެއިން މީހަކު އަތުވެއްޖެއްޔާ އަހަރެން އެމީހަކު ނައްތާލާފާނަން.“
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވިއެވެ. ”ފަރުބަދައަށް އަރައިގެން އަހަރެންގެ ކައިރިއަށް އާދޭ! އައިސް އެތާނ މަޑު ކުރޭ. އެމީހުންނަށް އެންގުމަށް އަހަރެން ލިޔެވިފައިވާ އަމުރުތައް ހުރި ހިލަފޮތި ދޭނަން.“