Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:18 - ކިތާބުލް މުޤައްދަސާ

18 ކަލޭމެން ކަމީރުނުލާ ބޯރޮށީގެ ޢީދު ފާހަގަކުރަން ވާނެ. އަހަރަކު އެއްފަހަރު އަބީބު މަހު އަންނަ ބަހާރު މޫސުމުގައި ހަތްދުވަސް ވަންދެން ޢީދެއް ފާހަގަކުރަން އަހަރެން ވާނީ ކަލޭމެންނަށް އަންގާފައި. އެއީ ކަލޭމެން މިސްރުން ނެރެވުނު ދުވަސް ފާހަގަ ކުރުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:18
15 ပူးပေါင်းရင်းမြစ်များ  

”⁠މިހާރުން ފެށިގެން ކަލޭމެން އަހަރުގެ ފުރަތަމަ މަސް ކަމަށް ހަދަން ޖެހޭނީ މި މަސް.


އެމީހުން މިޞްރުން ނެރުއްވާނެކަމަށް މާތްރަސްކަލާނގެ ކުރައްވާފައިވާ ވަޢުދު މިރޭ ފުރިހަމަ ކުރެއްވިއެވެ. އެހެންވެ އެރެއަކީ އެކަލާނގެ ޚާއްސަ ގޮތަކަށް ބައްލަވާވޮޑިގަތް ރެއެކެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ އެރޭ އިސްރާއީލީން އެކަލާނގެ އެ ކޮށްދެއްވި ކަންތައް ޚާއްސަ ގޮތަކަށް ބަލައި ފާހަގަ ކުރަން ޖެހެއެވެ. އެމީހުންގެ ދަރިކޮޅުގެ މިރިމިރީންނަށް ދިޔަޔަސް މާތްރަސްކަލާނގެ ޝަރަފުގައި މިކަންތައް އެމީހުން ކުރަން ޖެހެއެވެ.


ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.


މި ދުވަހު، އަބީބު މަހު މިޞްރުން ކަލޭމެން ބޭރުކުރެވުނު. ކަލޭމެން ތިޔަ ވަނީ މިންޖު ކޮށްފަ.


”⁠ކޮންމެ އަހަރަކު ތިން ޢީދު އަހަރެންނަށްޓަކައި ކަލޭމެން ފާހަގަކުރާތި.


ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


ފަހަނަޅައި ދިއުމުގެ ޢީދާއި އަދި ކަމީރު ނުލާ ރޮށި ފިހޭ ޢީދު އައުމުގެ ދެދުވަސް ކުރިން ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރު ކުރައްވައި އަވަހާރަ ކޮށްލެއްވޭނޭ ގޮތެއް ފެނޭތޯ ބަލަމުން ދިޔައެވެ.


ކަމީރު ނުލާ ރޮށި ފިހޭ ޢީދު ކަމުގައިވާ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަނީ ކައިރިވެފައެވެ.


ޔާމިޒު ގަތުލު ކުރުމުން އެކަންތަކާ ބަނީއިސްރާއީލުގެ ބޮޑުން އުފާވެ ހިތްހަމަ ޖެހުނުކަން ހެރޮދުއަށް އެނގުމުން އޭނާ ޕަތަރަސް ވެސް ހައްޔަރު ކުރުމަށް އަމުރުކުރިއެވެ. އޭނާ ޕަތަރަސް ހައްޔަރު ކުރީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރުއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ