Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:15 - ކިތާބުލް މުޤައްދަސާ

15 އެ ބިމުގައި އުޅޭ އެއްވެސް ބަޔަކާއެކު ކަލޭމެން ސުލްޙައިގެ އެއްބަސްވުމެއް ގާއިމުކޮށްގެން ނުވާނެ. އެހެނީ އެމީހުންގެ އިލާހުންނަށް އެމީހުން އެދަނީ އެދުންވެރި ވަމުން. އެކަލުންނަށް އެދަނީ ޤުރުބާނީތައް ކުރަމުން. އެމީހުންގެ ޤުރުބާނީގެ ޖާފަތްތަކަށް ކަލޭމެންނަށް ދައުވަތު ދޭނެ. ކަލޭމެން ވެސް އިސާހިތަކު އެމަގަށް އެނބުރިދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:15
36 ပူးပေါင်းရင်းမြစ်များ  

ޖަނަވާރަކާއެކު ޖިންސީ ގުޅުން ހިންގައިފި މީހާ މަރާލަން ޖެހޭނެ.


މާތްރަސްކަލާނގެ ނޫން އިލާހަކަށް ޤުރުބާނީއެއް ކޮށްފި މީހެއްނަމަ އެމީހާ ނައްތާލަން ޖެހޭނެ.


އެމީހުންނާއި އެމީހުންގެ އިލާހުންނާއެކު އެއްބަސްވުމެއް ގާއިމު ނުކުރާތި.


އެމީހުން އަހަރެން އެންގި އެންގުމަށް ފުރަގަސް އެދިނީ ކިހާ އަވަހަކަށް! އެމީހުން ރަން ވިރުވައިގެން ގެރިއެއް ހަދައިގެން އެބައުޅޭ. އެމީހުން އޭގެ ކުރިމައްޗަށް ސަޖިދަކޮށް ޖަނަވާރުތައް ޤުރުބާން ކުރަމުން އެބަދޭ. އެމީހުން އެބަ ބުނޭ ’⁠އޭ ބަނީ އިސްރާއީލީންނޭ، ކަލޭމެން މިޞްރުން ނެރުނު އިލާހަކީ މިއޮތީ އޭ.⁠‘⁠“


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަޑުއަހާ! އަހަރެން ކަލޭމެންނަށް މި ޢަހުދު ކުރަނީ، މީގެ ކުރީގައި ދުނިޔެމަތީގައި އެއްވެސް ތަނަކުން ފެނިފައިނުވާފަދަ މުޢުޖިޒާތްތަކެއް ކަލޭމެން އެންމެންނަށް އަހަރެން ދައްކައިދޭނެކަމަށް. ކަލޭމެންގެ ވަށައިގެން ތިބިހާ ބަޔަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަ މޮޅެތި ކަންތައް ދައްކައިދޭނަން.


ކަލޭމެން ތިޔަ ދާ ޤައުމުތަކުގެ މީހުންނާއެކު ސުލްޙައިގެ އެއްވެސް އެއްބަސްވުމެއް ނުބާއްވަން ހަނދާން ކުރާތި. އެ ގޮތަށް ހަދައިފިނަމަ ކަލޭމެން ވެސް އެމީހުންގެ ގޮތަށް ތަބާވެ ދަންތުރައެއްގައި ޖެހި އެމަގަށް އެނބުރިދާނެ.


އޭގެ ބަދަލުގައި އަހަރެންނަށް ފެންނަނީ އަހަރެމެން އެމީހުންނަށް ސިޓީއެއް ލިޔެ މި ފަދައިން އެންގުމަށް. އެއީ އެމީހުން އެއްވެސް ކަލާނގެއަކަށް ޤުރުބާންކޮށް ހުށައަޅާފައިވާ ކާއެއްޗެހި ނުކެއުމަށާއި އަދި ކަރުއަނބުރާ މަރާލެވޭ ޖަނަވާރުތަކުގެ މަސް ނުކެއުމަށާ އަދި އެއްވެސް ޖަނަވާރެއްގެ ލޭ ނުބުއިމަށާއި އެއްވެސް ކަހަލަ ޖިންސީ ފާފައެއް ނުކުރުމަށް އެންގުމަށް.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ