Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 34:10 - ކިތާބުލް މުޤައްދަސާ

10 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަޑުއަހާ! އަހަރެން ކަލޭމެންނަށް މި ޢަހުދު ކުރަނީ، މީގެ ކުރީގައި ދުނިޔެމަތީގައި އެއްވެސް ތަނަކުން ފެނިފައިނުވާފަދަ މުޢުޖިޒާތްތަކެއް ކަލޭމެން އެންމެންނަށް އަހަރެން ދައްކައިދޭނެކަމަށް. ކަލޭމެންގެ ވަށައިގެން ތިބިހާ ބަޔަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަ މޮޅެތި ކަންތައް ދައްކައިދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 34:10
28 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ މީހުން ކަމަށްވާ އިސްރާއީލުން ފަދަ އެހެން ބައެއް ކޮބައިތޯ؟ ދުނިޔޭގެ ބިންމަތީގައި އެކަލާނގެއަށް ޚާއްސަ ކުރެއްވި އެހެން ޤައުމެއް ވޭތޯ؟ މިޞްރުގެ އަޅުންގެ ގޮތުގައި ތިއްބައި އެ އަޅުވެތިކަމުން އެމީހުން ސަލާމަތް ކުރައްވައި އިނބަރަސްކަލާނގެ ނަންފުޅު މަތިވެރި ކުރެއްވުމަށްޓަކައި ހައިރާންވަނިވި ބޮޑެތި މުޢުޖިޒާތްތައް ދައްކަވައި އެހެނިހެން ޤައުމުތަކާއި އެމީހުންގެ ކަލުންތައް އަޅަމެންގެ ކުރިމަތީގައި ފައްސަވާލެއްވީ އިނބަރަސްކަލާނގެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠މި ހުރިހާ އެންގުންތަކެއް ކަލޭ ލިޔޭ. އެހެނީ މިއީ އަހަރެންނާއި ކަލެއާއި ކަލޭމެންގެ މީހުންނާ ދެމެދު ކުރެވޭ ޢަހުދު ނާމާއެއް.⁠“


މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ