ނެރުއްވުން 33:9 - ކިތާބުލް މުޤައްދަސާ9 މޫސާގެފާނު އެތެރެއަށް ވެދެ ވަޑައިގަތުމުން ވިލާގެ ތަނބު ތިރިޔަށް އައިސް ފޭލިގެކޮޅުގެ ދޮރުމަތީގައި ހުރެއެވެ. އަދި މާތްރަސްކަލާނގެ އެ ތަނބުގެ ތެރޭން މޫސާގެފާނަށް ބަސްފުޅު ވަޙީކުރައްވައެވެ. အခန်းကိုကြည့်ပါ။ |
ފޭލިގެކޮޅުގެ ތެރޭގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވަނީ މީހަކު ރައްޓެއްސަކާ ވާހަކަ ދައްކާ ބީދައިން މޫނާމޫނު ކުރިމަތީގައެވެ. އެއަށް ފަހު މޫސާގެފާނު އެނބުރި ފޭލިގެތަކަށް ވަޑައިގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ އެހީތެރިޔާ ނޫނުގެ ދަރި ޒުވާން ޔަޝޫޢު އެފޭލިގެކޮޅުގެ ޚިދުމަތުގައި އެތަނުގައި ހުރެއެވެ.
އެކަލޭގެފާނު ދެންނެވިއެވެ. ”އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!“