Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 33:7 - ކިތާބުލް މުޤައްދަސާ

7 އެމީހުން ތަނަކަށް ގޮސް ބަނޑަހަ ޖެހުމުން އެތަނާ ދުރުގައި މޫސާގެފާނުގެ ފޭލިގެކޮޅު ޖައްސަވައިފިއެވެ. މާތްރަސްކަލާނގެ ޙަޟްރަތުން ކަމަކަށް އެދޭމީހަކު ނަމަ އެ ފޭލިގެކޮޅު ހުރި ހިސާބަކަށް ދަނީއެވެ. މި ފޭލިގެކޮޅަށް އެކަލޭގެފާނު ނަންދެއްވީ ”⁠ކުއްތަންވުމުގެ ފޭލިގެކޮޅު⁠“ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 33:7
17 ပူးပေါင်းရင်းမြစ်များ  

ދާއޫދުގެފާނުގެ ޒަމާނުގައި ތަދުމަޑުކަމެއް އަތުވެއްޖެއެވެ. މި ތަދުމަޑުކަން ތިން އަހަރަށް ދެމިގެން ދިޔައެވެ. މިކަމާ ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމުން އެކަލާނގެ އެންގެވިއެވެ. ”⁠ތިޔަ ތަދުމަޑު ކަން ލައިގަތީ ޝާއުލްގެފާނާއި އޭނާގެ އާއިލާގެ އަނިޔާވެރިކަމުގެ ނަތީޖާއެއްގެ ގޮތުން. އެމީހުން ވަނީ ޖިބްޢޫނީންގެ މީހުން ޙައްޤަކާނުލައި މަރާލާފައި.⁠“


ދެން ޔަޘްރޫ ގޮސް މާތްކަލާނގެއަށް ޤުރުބާނީ ވެދުން ކުރާނެ ތަކެތި ހިފައިގެން އަތުވެއްޖެއެވެ. ހާރޫނުގެފާނާއި އިސްރާއީލީންގެ ބޮޑުން ވެސް މާތްކަލާނގެ ކިބަފުޅަށް ކުރެވުނު އެ ޤުރުބާނީގެ ހަފުލާގައި ބައިވެރިވިއެވެ.


ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.


އެހެންވެ ޠޫރުސީނާއާ ދުރަށް އެމީހުން ދިޔަފަހުން ރީތި ހެދުމެއް ޖަވާހިރެއް ގަހަނާއެއް އެއިން މީހަކު ނާޅައެވެ.


އެ ފޭލިގެކޮޅަށް މޫސާގެފާނު ވަޑައިގަންނަވާ އިރު، ފޭލިގެތަކުގެ ކުރިމަތީގައި ތިބޭ އެންމެން ވެސް ކޮޅަށް ތެދުވެއެވެ. މޫސާގެފާނު އެ ފޭލިގެކޮޅަށް ވަދެ ވަޑައިގެން ނިވާ ވަންދެން އެމީހުން ބަލަން ތިބެއެވެ.


ނުބައިމީހުންގެ ދުޢާތަކަށް މާތްރަސްކަލާނގެ ސަމާލުކަމެއް ނުދެއްވައެވެ. ހެޔޮމީހާގެ އަޅުކަން އެކަލާނގެ އައްސަވާ ވޮޑިގަންނަވައެވެ.


އެކަލޭގެފާނަކީ އުޑުގައިވާ އަސްލު ފޭލިގެކޮޅުގައި ޚިދުމަތް ކުރައްވާ އިމާމެވެ. މި އަޅުކަމުގެ މުޤައްދަސް ފޭލިގެކޮޅު ޖައްސަވާފައި ވަނީ މާތްރަސްކަލާނގެއެވެ. އިންސާނަކު ނޫނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ