Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 33:5 - ކިތާބުލް މުޤައްދަސާ

5 އެހެނީ މާތްރަސްކަލާނގެ މޫސާގެފާނު ގާތު މިހެން ބުނާށޭ ވަޙީ ކުރައްވާފައިވެއެވެ. ”⁠ކަލޭމެންނީ ބޯހަރު ނުކިޔަމަންތެރި ބައެކޭ. އަހަރެން ކަލޭމެންނާއެކު ދަތުރު ކުރަން ވެއްޖެނަމަ ކަލޭމެން ނައްތާލެވިދާނެޔޭ. ކަލޭމެންގެ ޖަވާހިރާއި ރީތި ހެދުންތައް ބާލާށޭ. އޭރުން ކަލޭމެންނާ މެދު ކަންތައް ކުރަންވީ ގޮތެއް ތިމަންކަލާނގެ ހިންމަވާފާނަމޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 33:5
16 ပူးပေါင်းရင်းမြစ်များ  

އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


ދެން މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠މިމީހުންގެ ބޯހަރުކަމާއި ދެކޮޅުވެރިކަން އަހަރެންނަށް އެބަ ފެނޭ.


އެހެންވެ ޠޫރުސީނާއާ ދުރަށް އެމީހުން ދިޔަފަހުން ރީތި ހެދުމެއް ޖަވާހިރެއް ގަހަނާއެއް އެއިން މީހަކު ނާޅައެވެ.


އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ