Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 33:3 - ކިތާބުލް މުޤައްދަސާ

3 ކަލޭމެން ތިޔަ ދަނީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް. އެކަމަކު ކަލޭމެންނާއެކު އަހަރެނެއް ނުދާނަން. އެހެނީ ކަލޭމެންނަކީ ބަސް ގަބޫލުނުކުރާ ބޯހަރު ބައެއް. އަހަރެން ކަލޭމެންނާއެކު ދާން ވެއްޖެއްޔާ ދާ މަގުމަތީގައި އެ އެންމެން ނައްތާލެވިދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 33:3
33 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ކަންޢާނީންނާއި ޙިއްޘީންނާއި އަމޫރީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް މާތްރަސްކަލާނގެ ގެންދަވާ މިދުވަހުގެ މަތިން ކޮންމެ އަހަރަކު ހަނދާން އާކޮށް އުފާފާޅު ކުރަން ވާނެ. މިއީ ކަލޭމެންގެ ކާބަފައިންނަށް ދެއްވާނެކަމަށް މާތްރަސްކަލާނގެ ވަޢުދުވެ ވޮޑިގެންފައިވާ ބިން. އަދި އެއީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް.


އޭނާ އަންގާ ގޮތަކާ ތަބާވާތި. އޭނާއާ ދެކޮޅު ނަހަދާތި. އެހެނީ އޭނާއަކީ އަހަރެންގެ ނަންމަތީ ފޮނުވާ މަލާއިކަތެއް. ކަލޭމެންގެ ދެކޮޅުވެރިކަމަކަށް އެ މަލާއިކަތާ ކެތެއް ނުކުރާނެ.


އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.⁠“⁠‘


އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.


ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.


އެހެނީ މާތްރަސްކަލާނގެ މޫސާގެފާނު ގާތު މިހެން ބުނާށޭ ވަޙީ ކުރައްވާފައިވެއެވެ. ”⁠ކަލޭމެންނީ ބޯހަރު ނުކިޔަމަންތެރި ބައެކޭ. އަހަރެން ކަލޭމެންނާއެކު ދަތުރު ކުރަން ވެއްޖެނަމަ ކަލޭމެން ނައްތާލެވިދާނެޔޭ. ކަލޭމެންގެ ޖަވާހިރާއި ރީތި ހެދުންތައް ބާލާށޭ. އޭރުން ކަލޭމެންނާ މެދު ކަންތައް ކުރަންވީ ގޮތެއް ތިމަންކަލާނގެ ހިންމަވާފާނަމޭ.⁠“


އެކަލޭގެފާނު ދެންނެވިއެވެ. ”⁠އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!⁠“


ދެން މާތްކަލާނގެ މި މީހުން އެ ގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.


އެކަލޭގެފާނު އެރަށަށް އަރައިވަޑައިގެންނެވި ފުރަތަމަދުވަހު މި ފަދައިން އިންޒާރު ދެއްވިއެވެ. ”⁠ސާޅީސް ދުވަހުގެ ތެރޭގައި މި ރަށް ނެތި ހަލާކުވެދާނެ.⁠“


އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.


ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ