ނެރުއްވުން 33:20 - ކިތާބުލް މުޤައްދަސާ20 އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.“ အခန်းကိုကြည့်ပါ။ |
އެކަކަށް ވެސް މާތްރަސްކަލާނގެ ފެނިފައެއް ނުވެއެވެ. އެކަމަކު މާތްރަސްކަލާނގެ ހަމައެކަނި ޚާއްސަ ކުރެއްވި ފަރާތާއި އެކަލާނގެއާ އެއީ އެއް ފަރާތެކެވެ. އެފަރާތަކީ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ހިތްޕުޅާ ގާތުގައި ވާ ފަރާތެކެވެ. އަހަރެމެންނަށް މާތްރަސްކަލާނގެ އަކީ ކޮބައިކަން ހާމަކޮށް ދެއްވަނީ މި ޚާއްސަ ފަރާތުންނެވެ.
އެކަލާނގެއީ އެކަކަށް ވެސް ކައިރި ނުވެވޭފަދަ ނޫރުފުޅެއްގައި އަބަދަށްޓަކައި ވޮޑިގެންވާ ފަރާތެކެވެ. އެއްވެސް އިންސާނަކަށް އެކަލާނގެ ފެނިފައެއް ނުވެއެވެ. އަދި ނުވެސް ފެންނާނެ އެވެ. އެކަލާނގެއީ ހަމައެކަނި އަޅުކަންކުރެވޭ އަދި އަބަދަށްޓަކައި ބާރުވެރިކަން ލިބިގެންވީ ހަމައެކަނި ފަރާތެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމާއި މަތިވެރިކަން އަބަދަށްޓަކައި ދެމިގެންވާނެއެވެ! އާމީން.
މާތްރަސްކަލާނގެ މިފަދަ އެންގެވުމެއް އެއްވެސް މަލާއިކަތަކަށް ނިސްބަތް ކުރައްވައި އަންގަވާފައެއް ނުވެއެވެ. ”ކަލޭގެފާނު ތިމަންކަލާނގެ ކަނާއަތްޕުޅު ފަރާތުގައި އިއްޒަތުގެ މަޤާމުގައި އިށީނދެ ވަޑައިގަންނަވާށެވެ. އެއީ ތިމަންކަލާނގެ، ކަލޭގެފާނާއި ދެކޮޅުވެރިވި އެންމެން، ކަލޭގެފާނުގެ ފައިންޕުޅުގެ ދަށަށްލާ ކުޑަ ގޮނޑިއެއް ފަދައިން ނިކަމެތި ކޮށްލައްވަންދެނެވެ.“