Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 33:2 - ކިތާބުލް މުޤައްދަސާ

2 ކަލޭމެން ދާން ވާއިރަށް އެ ބިންތަކުން ކަންޢާނީންނާއި އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީން ނެރުމަށް އަހަރެންގެ މަލާއިކަތު ފޮނުވާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 33:2
16 ပူးပေါင်းရင်းမြစ်များ  

އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


”⁠ނިކަން ބަލާ! އަހަރެން ކަލޭމެން ފޮނުވަން ހަމަޖައްސާތަނަށް ސަލާމަތްކަމާއެކު ކަލޭމެން ގެންގޮސްދޭން އެހީވުމަށް އަހަރެން މަލާއިކަތަކު އެބަ ފޮނުވަން.


އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.⁠“⁠‘


އަހަރެން މިއައީ އެމީހުން މިޞްރުގެ މީހުންގެ އަތްދަށުން ސަލާމަތްކުރުމަށް ރަނގަޅު ސަރާސަރު ބިމަކަށް ގެންދިއުމަށް. އެ ބިމަކީ މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމެއް. އެބިމުގައި މިހާރު ދިރިއުޅެމުން ދަނީ ކަންޢާނީންނާއި ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި، އަދި ޔަބޫސީނުން.


މިހާރު ދޭ. ގޮސް އަހަރެން އެންގި ތަނަށް އެމީހުން ގެންދޭ. ނިކަން ބަލާ! އަހަރެންގެ މަލާއިކަތާ އެ ދަނީ ކަލެއަށް މަގު ދައްކައިދޭން. އަހަރެން ހިސާބު ބަލަން އެމީހުން އެއްކުރާ ދުވަހަކުން ފާފަ ކުރި މީހުން އެކަމަށް ޒިންމާ ކުރުވާނަން.⁠“


އެއްދުވަހަކު މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާގެ ގާތު ތިޔަ ވަޙީ ކުރައްވަނީ މި މީހުން ގޮވައިގެން ވަޢުދު ކުރެއްވި ބިމަށް ދާށޭ. އެކަމަކު އިނބަ ރަސްކަލާނގެ ވަޙީއެއް ނުކުރައްވާ މިއަޅާއާއެކު އިނބަރަސްކަލާނގެ ފޮނުއްވާނީ ކާކު ކަމެއް. އިނބަރަސްކަލާނގެ ވަޙީކުރެއްވި، މިއަޅާ ދެނެވޮޑިގަންނަވަމޭ، އަދި މިއަޅާދެކެ ރުހިވޮޑިގަންނަވަމޭ.


ކަލޭމެންނަށް މިއަދު އަހަރެން ކުރާ އަމުރުތައް ރަނގަޅަށް ކަނުލާ އަހާތި. އަހަރެން ކަލޭމެންނަށް ވުރެ ކުރީގައި ގޮސް އަމޫރީންނާއި ކަންޢާނީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީންނާއި މިއެންމެން ފައްސާލާ ފޮނުވާލާނަން.


ކަލޭމެންގެ ސަރަހައްދު ބޮޑުކޮށް ދިނުމަށް އަހަރެން އެހެން ޤައުމުތަކުގެ މީހުން ފައްސާލާނަން. ކަލޭމެން އެތިން ޢީދު ފާހަގަކުރުމަށް އަހަރެންގެ ކުރިމައްޗަށް އަންނަމުން ދާހާ ދުވަހަކު ކަލޭމެން ދެކެ އެއްވެސް ބަޔަކަށް ހަސަދަވެރިވެ ކަލޭމެންގެ ބިމަށް ގަދަވެއެއް ނުގަނެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ