14 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލެއާއެކުގައި ދާނީ ޚުދު އަހަރެން. އަހަރެން ކަލެއަށް އަރާމު ހޯދައިދޭނަން.“
މާތްރަސްކަލާނގެ އެމީހުންގެ ކުރީގައި ވޮޑިގެންވިއެވެ. ދުވާލުގެ ވަގުތުގައި އެމީހުންނަށް އެކަލާނގެ މަގު ދެއްކެވީ ވިލާގެ ތަނބަކުންނެވެ. ރޭގަނޑުގެ ވަގުތުގައި މަގު ދެއްކެވީ އަލިފާނުގެ ތަނބަކުންނެވެ. މިގޮތުން އެމީހުންނަށް ރެއާއި ދުވާލު ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ. ”އަހަރެން ކަލެއާއި އެކުގައި ވާނަން. އަދި ކަލޭ އެމީހުން މިޞްރުން ނެރެގެން އައިސް މި ފަރުބަދަމަތީގައި ތިމަންކަލާނގެއަށް އަޅުކަން ކުރާނެ. ކަލޭ ފޮނުވީ އަހަރެންކަން ޔަޤީންކޮށްދޭނެ ހެއްކެއް އެއީ.“
ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.