Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 33:13 - ކިތާބުލް މުޤައްދަސާ

13 ހަމަ އަސްލުގައި ވެސް އިނބަރަސްކަލާނގެ މިއަޅާދެކެ ރުހިވޮޑިގަންނަވަނީ ނަމަ، އިނބަރަސްކަލާނގެ މިކަންތައް ކުރައްވާނެ ގޮތް މިއަޅާއަށް އަންގަވާ ދެއްވާ. އޭރުން އިނބަރަސްކަލާނގެ ގަސްތު ކުރައްވާގޮތް މިއަޅާއަށް އެނގި އިނބަރަސްކަލާނގެއަށް ޚިދުމަތްކޮށް، އިނބަރަސްކަލާނގެ ރުހިވޮޑިގަންނަވާނެ ގޮތުގެ މަތީގައި ދެމިހުންނަ ހިތް ވާނެ. އިނބަރަސްކަލާނގެ ހަނދުމަފުޅު ކުރައްވާ، މި ޤައުމަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ޤައުމު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 33:13
27 ပူးပေါင်းရင်းမြစ်များ  

ދާއޫދު ރަސްގެފާނު ސަދޫގުގެ ގާތު ވިދާޅުވިއެވެ. ”⁠މާތްކަލާނގެ ފޮށިކޮޅު ޖެރޫސަލަމަށް އަނބުރާ ގެންދޭ. މާތްރަސްކަލާނގެ އަހަރެންނާ ރުހިވޮޑިގެންވާނަމަ އަހަރެން އަނބުރާ ޖެރޫސަލަމަށް ގެންދަވާނެ. އަދި ޖެރޫސަލަމުގައި އެކަލާނގެ މަޤާމުފުޅު ދައްކަވާނެ.


އެހެންވީމާ އަހަރެން ކަލޭ ފޮނުވާނަން މިޞްރު ރަސްގެފާނުގެ ގާތަށް. ކަލޭ ގޮސް އެމީހުން މިޞްރުން ނެރޭ.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.


މިޞްރު މީހުން އޭރުން ބުނާނެ، ’⁠އެމީހުންގެ ކަލާނގެ މިރަށުން އެމީހުން ނެރުއްވީ ފަރުބަދަތަކުގެ ތެރެއަށް ގެންގޮސް އެމީހުން މަރާލައި އެމީހުންގެ ވަސް މިބިންމަތިން ފިލުވާލުމަށޭ ނޫންތޯ؟⁠‘ ތިޔަ ކޯފާ މަޑު ކުރައްވާ! އިނބަރަސްކަލާނގެ އެމީހުންނާމެދު ތިޔަގޮތަށް ކަންތައް ކުރެއްވުން ހުއްޓަވާ ލައްވާ! އެވަރުގެ ގަދަފަދަ ކޯފާއެއް އިނބަރަސްކަލާނގެ މީހުންގެ މައްޗަށް ނުފޮނުއްވާ!


ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި.


އެކަލޭގެފާނު ދެންނެވިއެވެ. ”⁠އޭ ސާހިބުވަންތަ ކަލާނކޯ! އިނބަރަސްކަލާނގެ މިއަޅާއާ ރުހިވޮޑިގެންވާނަމަ އަޅަމެންނާއެކު މި ދަތުރުގައި ވޮޑިގެންފާނދޭވެ! ތެދުފުޅެއް! މިމީހުންނަކީ ގޮތް ދޫނުކުރާ ބައެއް. އެކަމަކު އަޅަމެން ކުރި ވިޔާނުދާ ނުބައި ފާފަތަކަށް މަޢާފު ކުރައްވާފާނދޭވެ! އަޅަމެންނަކީ އިނބަރަސްކަލާނގެ އަމިއްލަފުޅު ބައެއްގެ ގޮތުގައި ލައްވާފާނދޭވެ!⁠“


އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“


ނިމުންނުވާ ދިރިހުރުން ލިބުމުގެ މާނައަކީ ހަމައެކަނި މުޠުލަގުވަންތަ ކަލަކީ ކޮބައިކަން އެނގުމާއި އަދި އިނބަރަސްކަލާނގެ ފޮނުއްވި އީސާ އަލްމަސީޙު އަކީ ކޮބައިކަން އެނގި ކަށަވަރު ވުން.


އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ މަތިވެރި ބައްޕާފުޅު، މާތްރަސްކަލާނގެ، ތިޔަބައިމީހުންނަށް ރޫޙާނީ ޙިކުމަތްތެރިކަމަކާއި އަދި ފުރިހަމަ އިލްހާމެއް ދެއްވުމަށް އެދިދަންނަވަމެވެ. އޭރުން ތިޔަބައިމީހުންނަށް އެކަލާނގެ ފުރިހަމައަށް އެނގިގެންވާނެއެވެ.


މިހެންވުމުން ތިޔަބައިމީހުންގެ އުޅުން އަބަދުވެސް ހުންނާނީ މާތްސާހިބާ ރުހިވަޑައިގަންނަވާނޭ ގޮތުގެ މަތިންނެވެ. އަދި ތިޔަބައިމީހުންގެ އަމަލުތަކުގައި ރަނގަޅު މޭވާއަޅައި ފައްކާވަމުން ދާނެއެވެ. އެހުރިހާ އިރަކު ތިޔަބައިމީހުން މާތްކަލާނގެއާ ބެހޭ ކަންތައް އެނގި ދަސްވަމުން ދާނެއެވެ.


އަދި އަހަރެމެންގެ މާތްސާހިބާ އަދި ދިންނެވުން ދެއްވާ ފަރާތް އީސާ އަލްމަސީޙު ދެއްވާ ނިޢުމަތާއި ޢިލްމާއިއެކު ހެދި ބޮޑުވަމުން ދިއުމަށެވެ. އެންމެހައި ޖަލާލަތުކަމެއް މި ހިނދު ގައްޔާއި އަދި އަބަދުގެ އަބަދަށް ވާހުށީ އެކަލޭގެފާނަށެވެ! އާމީން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ