ނެރުއްވުން 33:10 - ކިތާބުލް މުޤައްދަސާ10 މީސްތަކުންނަށް ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ވިލާގެ ތަނބުހުއްޓާ ފެނުމުން އެމީހުން ތެދުވެ އެމީހުންގެ ފޭލިގެކުރިމަތީގައި ސަޖިދަ ކުރެއެވެ. အခန်းကိုကြည့်ပါ။ |
ފޭލިގެކޮޅުގެ ތެރޭގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވަނީ މީހަކު ރައްޓެއްސަކާ ވާހަކަ ދައްކާ ބީދައިން މޫނާމޫނު ކުރިމަތީގައެވެ. އެއަށް ފަހު މޫސާގެފާނު އެނބުރި ފޭލިގެތަކަށް ވަޑައިގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ އެހީތެރިޔާ ނޫނުގެ ދަރި ޒުވާން ޔަޝޫޢު އެފޭލިގެކޮޅުގެ ޚިދުމަތުގައި އެތަނުގައި ހުރެއެވެ.