Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:7 - ކިތާބުލް މުޤައްދަސާ

7 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:7
17 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”⁠ތިރިއަށް ގޮސް ހާރޫނު ގޮވައިގެން އާދޭ. އެކަމަކު ބަލާތި، އެއްވެސް އިމާމަކު ވިޔަސް ނުވަތަ އެހެން މީހަކު ވިޔަސް އަހަރެން ދުށުމަށް އިން ފަހަނައަޅައި އާދޭތޯ. އެއިން މީހަކު އަތުވެއްޖެއްޔާ އަހަރެން އެމީހަކު ނައްތާލާފާނަން.⁠“


މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”⁠އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.⁠“


އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”⁠އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟


ހާރޫނުގެފާނު އެތަކެތި ވިރުވައި ތައްގަނޑު ހައްދަވައި ގެން ރަނުން ޅަ ފިރިހެން ގެރިއެއް ހައްދަވައިފިއެވެ. އެ އެތި ފެނުމުން އެމީހުން އުފާވެފައި ބުނެފިއެވެ. ”⁠އޭ އިސްރާއީލް! ކަލޭމެން މިޞްރުން ނެރެދެއްވި އިލާހު މިއޮތީ!⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭމެން މިޞްރުން އައި އެންމެން ދެން ދާން އުޅޭ. އަހަރެން އިބްރާހީމް އަށާއި އިސްޙާޤަށާއި ޔަޢުޤޫބަށް ދޭން ވަޢުދު ކުރި ބިމަށް ކަލޭމެން ދަތުރުކުރޭ! އަހަރެން އެމީހުން ގާތު ބުނެފައިވާނެ އެމީހުންގެ ދަރިކޮޅަށް އެ ބިން ދޭނަމޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ