Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:5 - ކިތާބުލް މުޤައްދަސާ

5 ހާރޫނުގެފާނަށް އެމީހުން އުފާވިވަރު ފެނި ވަޑައިގެން އެ ގެރި ކުރިމަތީ ޤުރުބާނީ އައްޓެއް ތައްޔާރު ކުރެއްވިއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާދަމައަކީ މާތްރަސްކަލާނގެއައްޓަކާ ޢީދެއް ފާހަގަ ކުރަންވާ ދުވަސް!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:5
18 ပူးပေါင်းရင်းမြစ်များ  

މޫސާގެފާނު ދެންނެވިއެވެ. ”⁠އަޅުގަނޑުމެން އެންމެން. ޒުވާނުންނާއި މުސްކުޅިންނާއި އަޅުގަނޑުމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނާއި ގެންގުޅޭ ޖަނަވާރުތައް. އަޅުގަނޑުމެންގެ އެންމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރުމުގެ ޢީދުގައި ބައިވެރިވާނެ.⁠“


ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


މޫސާގެފާނު އެތަނުގައި ޤުރުބާނީ އައްޓެއް ހެއްދެވިއެވެ. ”⁠މާތްރަސްކަލާނގެއީ އަހަރެންގެ ކާމިޔާބީގެ ދިދަ.⁠“ އަދި މިހެން ވިދާޅުވެ އެތަނަށް ނަންދެއްވިއެވެ.


ހާރޫނުގެފާނު އެތަކެތި ވިރުވައި ތައްގަނޑު ހައްދަވައި ގެން ރަނުން ޅަ ފިރިހެން ގެރިއެއް ހައްދަވައިފިއެވެ. އެ އެތި ފެނުމުން އެމީހުން އުފާވެފައި ބުނެފިއެވެ. ”⁠އޭ އިސްރާއީލް! ކަލޭމެން މިޞްރުން ނެރެދެއްވި އިލާހު މިއޮތީ!⁠“


އޭގެ އަނެއް ދުވަހު ފަތިހާ މީހުން ތެދުވެގެން މި ގެރިއަށް އަންދައި ކުރާ ޤުރުބާނީއާއި ގުޅުންބަދަހި ކުރުމުގެ ޤުރުބާނީ ހުށަހަޅަން އަތުވެއްޖެއެވެ. އެމީހުން އައިސް ޢީދު ފާހަގަކޮށް ޖާފަތް ހަދައި ބުއިންތައް ބޮއެ ހުރިހާ ބާވަތެއްގެ ހަޑިހުތުރު ފާހިޝް ކަންތަކެއް ކުރަން ފަށައިފިއެވެ.


ދެން ޝާއުލްގެފާނު އެތަނުގައި މާތްރަސްކަލާނގެއަށް ޤުރުބާނީ ހުށަހަޅާނެ އައްޓެއް ތައްޔާރު ކުރެއްވިއެވެ. މިއީ އެކަލޭގެފާނު މާތްރަސްކަލާނގެއަށް ޓަކައި ހެއްދެވި ފުރަތަމަ ޤުރުބާނީ އައްޓެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ