35 ދެން މާތްރަސްކަލާނގެ ބަނީއިސްރާއީލުންގެ މައްޗަށް ބޮޑުވެގެންވާ ބަލިމަޑު ކަމެއް ފޮނުއްވިއެވެ. އެއީ ހާރޫނުގެ ފާނު ލައްވައި ގެރިއެއް ހައްދައި އެއަށް އެމީހުން އަޅުކަން ކުރީތީއެވެ.
ސާރާއީ އާއި ދޭތެރޭ މިޞްރުގެ ރަސްގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން މާތްރަސްކަލާނގެ މިޞްރުގެ ރަސްގެފާނަށާއި ގަނޑުވަރުގެ އެންމެންގެ މައްޗަށް އެތައް ނުރައްކާތެރި ބަލިތަކެއް ފޮނުއްވައިފިއެވެ.
އެހެންވެ އަޅުގަނޑު ބުނިން. އެމީހުންގެ ތެރޭން މީހެއްގެ އަތުގައި ރަނެއް ޖަވާހިރެއް ހުރިއްޔާ އެއެއްޗެއް ގެންނާށޭ. އެއެއްޗެހި ގެނެސް އަޅުގަނޑު އަލިފާނަށް ލުމުން އެއިން ނުކުތީ މި ގެރި!“
ހާރޫނުގެފާނު އެމީހުން މަގުފުރައްދަވައި މޮޔަ ހައްދަވައިފިކަން މޫސާގެފާނަށް ފެނި ވަޑައިގަތެވެ. އަދި އެމީހުންގެ ދުޝްމިނުން އެމީހުންނަކީ ތާކުން ތާކު ނުޖެހޭ ބައެއް ކަމަށް ދެކޭނެ އަމަލުތައް ކުރިޔަ ދީފި ކަން މޫސާގެފާނަށް އެނގިވަޑައިގަތެވެ.
ލާވީންގެ ދަރިކޮޅުގެ މީހުން މޫސާގެފާނުގެ އަމުރުފުޅަށް ކިޔަމަންވިއެވެ. އެމީހުން ގޮސް އެދުވަހު ތިންހާހެއްހާ މީހުން މަރާލިއެވެ.
ހާރޫނުގެފާނު އެތަކެތި ވިރުވައި ތައްގަނޑު ހައްދަވައި ގެން ރަނުން ޅަ ފިރިހެން ގެރިއެއް ހައްދަވައިފިއެވެ. އެ އެތި ފެނުމުން އެމީހުން އުފާވެފައި ބުނެފިއެވެ. ”އޭ އިސްރާއީލް! ކަލޭމެން މިޞްރުން ނެރެދެއްވި އިލާހު މިއޮތީ!“
(ޔުދާސް މި ކުރި ނުބައިކަންތަކުގެ އަގެއްގެ ގޮތުން ލިބުނު ފައިސާއިން އޭނާ ބިމެއްގަތެވެ. އޭނާ އެ ބިމުގެ ތެރެއަށް ވެއްޓި ހަށިގަނޑު ފަޅަފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުމެ ވަގުތުން މަރުވިއެވެ.
ދެން ހަމަ އެ ހިނދު އެމީހުން ޅަގެރިއެއްގެ ސިފައިގަ ކަލާނގެއެއް ހަދާ އެއަށް ޤުރުބާންތައް ކޮށް އެކަމުގެ މައްޗަށް އުފާ ފާޅު ކުރި.