Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:31 - ކިތާބުލް މުޤައްދަސާ

31 ދެން މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތަށް އެނބުރި ވަޑައިގެން ދެންނެވިއެވެ. ”⁠އެމީހުން އެކުރީ ކޮންފަދަ ފާފައެއް! އެމީހުން އަމިއްލައަށް ރަނުން އިލާހަކު ހަދައި އެއަށް އަޅުކަން ކޮށްފި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:31
12 ပူးပေါင်းရင်းမြစ်များ  

ކަލޭމެން ހަނދާން ކުރާށޭ، ރަނުން ވެސް ރިހިން ވެސް ތިމަންކަލާނގެ ބަދަލުގައި އަޅުކަން ކުރާނެ އިލާހެއް ކަލޭމެން ތައްޔާރު ނުކުރާށޭ.


އުޑުގައިއާއި ބިމުގައި ނުވަތަ ކަނޑުގައިވާ އެއްވެސް އެއްޗެއްގެ ސޫރަ ހަދައި އެ ބުދަށް އަޅުކަން ކޮށްގެން ނުވާނެ.


އޭގެ އަނެއް ދުވަހު މޫސާގެފާނު އިސްރާއީލީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަނީ ބޮޑުވެގެންވާ ފާފައެއް ކޮށްފައި. އެކަމަކު އަހަރެން މާތްރަސްކަލާނގެ ޙަޟްރަތަށް ފަރުބަދަ މައްޗަށް ދާނަން. ފަހަރުގައި އަހަރެންނަށް އެކަލާނގެ ޙަޟްރަތުން ކަލޭމެންނަށް އަފޫއާންމެއް ހޯދައި ދެވިދާނެ.⁠“


މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ