Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:30 - ކިތާބުލް މުޤައްދަސާ

30 އޭގެ އަނެއް ދުވަހު މޫސާގެފާނު އިސްރާއީލީންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ވަނީ ބޮޑުވެގެންވާ ފާފައެއް ކޮށްފައި. އެކަމަކު އަހަރެން މާތްރަސްކަލާނގެ ޙަޟްރަތަށް ފަރުބަދަ މައްޗަށް ދާނަން. ފަހަރުގައި އަހަރެންނަށް އެކަލާނގެ ޙަޟްރަތުން ކަލޭމެންނަށް އަފޫއާންމެއް ހޯދައި ދެވިދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:30
22 ပူးပေါင်းရင်းမြစ်များ  

އެހެން ކަންތައް ހުރި އިރު ކަލޭގެފާނު ތިމަންކަލާނގެ ބަސްތަކާ ޚިލާފުވީ ކީއްވެހޭ؟ ތިމަންކަލާނގެ ނަފްރަތުވާ ފަދަ ކަންތަކެއް ކުރެއްވީ ކީއްވެހޭ؟ ކަލޭގެފާނު އޫރިއްޔާގެ އަނބިމީހާ އަތުލައިގަންނަވައި އަދި ޢައްމޫނީންގެ ކަނޑިދަށުލައި އުރިއްޔާ މަރުއްވާ ލެއްވީއޭ.


ޝިމްޢީ އަހަންނާ ދިމާލަށް އެކީ އެއްޗެހީގެ ބަދަލުގައި މާތްރަސްކަލާނގެ އެއަށް ވުރެ ރަނގަޅު ގޮތްތައް މެދުވެރި ކުރައްވާފާނެ ކަން ވެސް ނޭނގެއެއްނު.⁠“


ދެން މޫސާގެފާނު ލާވީންނަށް ވިދާޅުވިއެވެ. ”⁠މިއަދު ކަލޭމެން ތިޔަ ކުރީ މާތްރަސްކަލާނގެ އަށްޓަކައި ކުރި ހެޔޮކަމެއް. އެއީ ކަލޭމެންގެ ދަރިންނާއި ކޮއްކޮއިން މަރަން ޖެހުނު ކަމުގައިވިޔަސް ކަލޭމެން އެކަލާނގެއަށް ކިޔަމަންތެރި ވީތީ. އެހެންކަމުން ކަލޭމެން ތިޔަ ހާސިލުކުރީ މަތިވެރި ރަޙުމަތެއް.⁠“


ފަހަރުގައި މާތްކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.⁠“


އަހަރެން އެނބުރި ބައްޕަގެ ކައިރިއަށް ދާންވީއޭ. އަދި ބައްޕައަށް ބުނާނަމޭ. ބައްޕާއޭ. އަހަރެން ބައްޕައާއި އަދި މާތްރަސްކަލާނގެއާއި ދެކޮޅުވެ ފާފަ ކޮށްފީމޭ.


އަހަރެން ބުނަންތަ؟ އޭނާގެ ކިބައިގައި ވީ ފާފަތަކަކީ ގިނަފާފަތަކެއް ނަމަވެސް އޭނާގެ ފާފަތައް ފުއްސަވައިފި. އޭނާގެ ކިބައިން އެފެނުނު މަތިވެރި ލޯތްބަކީ އެކަމުގެ ނިޝާން. ނަމަވެސް މަދު ފާފަތައް ފުއްސަވައި ދެއްވޭ މީހަކު ލޯބި ވާނީ ވެސް މަދުން.⁠“


އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”⁠މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.⁠“


ދެކޮޅުވެރިން އިސްލާޙު ކުރުމަށް މަޑުމައިތިރި ކަމާއެކު އުނގަންނައިދޭށެވެ. އެއީ މާތްރަސްކަލާނގެ އެފަދަ މީހުންނަށް ތެދު ޙަޤީޤަތް ފެންނާނެ ފަދައިން ވުމަށް އެމީހުންނަށް ތައުބާވުމުގެ ފުރުސަތު ދެއްވާފާނެ ކަމުގެ އުންމީދުގައެވެ.


އެހެންވީމާ ކަލޭމެންގެ ތެރެއިން އެކަކު އަނެކަކަށް ކުރެވިފައިވާ ފާފަތަކަށް އެއްބަސްވެ ތައުބާ ވާށެވެ. އަދި އެކަކު އަނެކަކަށް ހެޔޮ ޙާލުގައި ވުމަށް އެދި ދުޢާކުރާށެވެ. ޞާލިޙު ގޮތުގައި ޙަޔާތު ވޭތުކުރަމުން ދާ ފަރާތްތަކުގެ ދުޢާތައް ބާރުގަދަވެފައި ބަރުދަން ހުންނާނެއެވެ.


މިއީ ގޮވާން ކަނޑާ ހޫނު މޫސުން ނޫންތަ؟ ގުގުރައި ވިއްސާރަވުން އެދި މާތްރަސްކަލާނގެ ކިބަފުޅަށް އަހަރެން ދުޢާ ދަންނަވާނަން. ދެން ކަލޭމެންނަށް އެނގޭނެ ރަސްކަލަކު ކަލޭމެންގެ މައްޗަށް އިސްކުރީ ކަލޭމެން ގޯހުން ކުރި ކަމެއް ކަން.⁠“


ދެން އެމީހުން ޞަމޫއީލްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް އަޅުގަނޑުމެން މިކުރި ފާފައިގެ ސަބަބުން އަޅުގަނޑުމެންނަށް މުސީބާތެއް ނުފޮނުއްވުން އެދި ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ދެއްވާ.⁠“


ޞަމޫއީލްގެފާނު އެމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކަލޭމެން ދެން ބިރު ނުގަނޭ. ކަލޭމެންނަށް ތިޔަ އޮތީ ގޯސް ހެދިފައި. ދެން ވެސް މާތްރަސްކަލާނގެއަށް ފުރަގަސް ނުދީ ކިޔަމަންތެރިވުން މަތީ ދެމިތިބޭ. އަދި ކަލޭމެން ހިތުގެ އަޑިން އެކަލާނގެއަށް ޚިދުމަތް ކުރަމުން ގެންދޭ.


އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން.


ޢާލީގެ ދެދަރިން މާތްރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއާ މެދު މިކުރަނީ ވަރަށްބޮޑު ކުށެއް ކަމުގައި މާތްރަސްކަލާނގެ ދެކެވޮޑިގެންނެވި އެވެ. އެއީ އެކަމުން މާތްރަސްކަލާނގެއަށް ހުށަހެޅޭ ޤުރުބާނީއާ މެދު އިހާނާތްތެރި ވެވޭތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ