24 އެހެންވެ އަޅުގަނޑު ބުނިން. އެމީހުންގެ ތެރޭން މީހެއްގެ އަތުގައި ރަނެއް ޖަވާހިރެއް ހުރިއްޔާ އެއެއްޗެއް ގެންނާށޭ. އެއެއްޗެހި ގެނެސް އަޅުގަނޑު އަލިފާނަށް ލުމުން އެއިން ނުކުތީ މި ގެރި!“
ދެން މާތްރަސްކަލާނގެ ބަނީއިސްރާއީލުންގެ މައްޗަށް ބޮޑުވެގެންވާ ބަލިމަޑު ކަމެއް ފޮނުއްވިއެވެ. އެއީ ހާރޫނުގެ ފާނު ލައްވައި ގެރިއެއް ހައްދައި އެއަށް އެމީހުން އަޅުކަން ކުރީތީއެވެ.
ހާރޫނުގެފާނު އެތަކެތި ވިރުވައި ތައްގަނޑު ހައްދަވައި ގެން ރަނުން ޅަ ފިރިހެން ގެރިއެއް ހައްދަވައިފިއެވެ. އެ އެތި ފެނުމުން އެމީހުން އުފާވެފައި ބުނެފިއެވެ. ”އޭ އިސްރާއީލް! ކަލޭމެން މިޞްރުން ނެރެދެއްވި އިލާހު މިއޮތީ!“
ނަމަވެސް މި ދީނުގެ ދަންނަބޭކަލާ މި ވަރަކުން ހުއްޓައެއް ނުލިއެވެ. އޭނާ މީސްތަކުންގެ ކުރިމަތީގައި އޭނާގެ މޮޅުކަން ދައްކާންވެގެން އެކަލޭގެފާނު ކުރެން އަނެއްކާ އެހެން ސުވާލެއް ކުރިއެވެ. ”ނަމަވެސް އަޅުގަނޑުގެ އަވަށްޓެރިންނޭ މިބުނެވޭ ބަހުގެ މާނައަކީ ކޮބައި ތޯ؟“