Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 32:23 - ކިތާބުލް މުޤައްދަސާ

23 އެމީހުން އަޅުގަނޑުގެ ގާތުން އެދުނީ އެމީހުންނަށް މަގު ދައްކާނެ އިލާހެއް ހަދައި ދިނުމަށް. އެމީހުން ބުނި ’⁠މިޞްރުން ތިމަންމެން ނެރެގެން ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް ނޭނގުނޭ⁠‘.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 32:23
5 ပူးပေါင်းရင်းမြစ်များ  

އެމީހުން އަހަރެން އެންގި އެންގުމަށް ފުރަގަސް އެދިނީ ކިހާ އަވަހަކަށް! އެމީހުން ރަން ވިރުވައިގެން ގެރިއެއް ހަދައިގެން އެބައުޅޭ. އެމީހުން އޭގެ ކުރިމައްޗަށް ސަޖިދަކޮށް ޖަނަވާރުތައް ޤުރުބާން ކުރަމުން އެބަދޭ. އެމީހުން އެބަ ބުނޭ ’⁠އޭ ބަނީ އިސްރާއީލީންނޭ، ކަލޭމެން މިޞްރުން ނެރުނު އިލާހަކީ މިއޮތީ އޭ.⁠‘⁠“


މޫސާގެފާނު ފަރުބަދަ މަތީގައި ވަނިކޮށް އެމީހުން ހާރޫނުގެފާނަށް ބުނި. ’⁠އަހަރެމެންނަށް މަގުދައްކާނެ ކަހަލަ ކަލާނގެތަކެއް އަހަރެމެންނަށް ހަދާދޭށޭ. އެއީ އަހަރެމެން މިޞްރުން ނެރެގެން ގެނައި މި މޫސާގެފާނަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގެއޭ.⁠‘


”⁠އެއީ ސިފައިން ޢަމާލިޤީނުން ގެނައި އެއްޗެހި ތަކެއް. އެމީހުން ސިއްޙަތު ރަނގަޅު އެއްޗެހި ނުމަރައި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް. އެހެން ހުރިހާ އެއްޗެއް އެމީހުން ނައްތާލައިފި.⁠“


އެ ހުރިހާ ޖަނަވާރުތަކެއް ވެސް ނައްތާލެވޭނެ މެ. އެންމެ މަސްފަލަ ޖަނަވާރުތައް ނުމަރައި އަހަރެންގެ މީހުން އެތަކެތި ޖިލްޖާލަށް މި ގެނައީ ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާން ކުރުމަށް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ